ads
ބީއެމްއެލުން ރަސްދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފެށުން - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން ރަސްދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި
ބީއެމްއެލުން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމުގައެވެ.

ރަސްދޫގައި ގާއިމުކޮށްފައިވާ ބްރާންޗް އަދި އޭޓީއެމް އާއެކު، މި ވަގުތު އެ އަތޮޅުގެ ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ހުރި ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން އެ ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 35 ބްރާންޗާއި 84 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 142 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް