ads
ސާރާ އަލީ ހާން--
ރާއްޖޭގައި ހޭދަކުރި ޗުއްޓީ ސާރާގެ ހިތުން އަދިވެސް ފިލައިގެން ނުދޭ!
ބޮލީވުޑްގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި ބަތަލާ ސާރާ އަލީ ހާން ވަނީ އޭނާގެ މަންމަ، އަމްރިތާ ސިންގް އާއި ކޮއްކޮ އިބްރާޙިމް ހާނާއެކު އާ އަހަރު ފާހަގަކުރުމަށް ރާއްޖެއަށް އައިސްފަ އެވެ.

ދާދިފަހުން އިންޑިއާގެ ޝޯއެއްގައި ބައިވެރިވެ ސާރާ ވަނީ އެންމެ ފަހުން، ހަނދާނުން ނުފިލާ ވަރުގެ ޗުއްޓީއެއް ހޭދަކުރީ ރާއްޖޭގައި ކަމަށް ވެސް ބުނެފަ އެވެ. އަނެއްކާ މިއަދު ހެނދުނު ވެސް ސާރާ މިވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމަށް ހިއްސާކޮށްފަ އެވެ. މިހެންކަމުން ބެލެވެނީ އަދިވެސް އޭނާގެ ހިތުން މި ހަނދާންތައް ނުފިލާ ކަމަށެވެ. 

އިންޑިއާއަށް އެނބުރި ދިޔަފަހުން ވެސް މީގެ ކުރިން ވެސް ސާރާ ވަނީ ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފަ އެވެ. 

އެމީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ލަކްސް ރިސޯޓްގަ އެވެ. މިއީ އުމުރުން 24 އަހަރުގެ ސާރާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

އުމުރުން 23 އަހަރުގެ ސާރާ އެންމެ ފަހުން ފެނިފައި ވަނީ ކާތިކް އާރިޔަންއާއެކު "ލަވް އާޖްކަލް" އިންނެވެ. 

ސާރާ މިހާތަނަށް ކުޅެފައިވާ ތިން ފިލްމަަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު މިފަހަކަށް އައިސް ބޮލީވުޑަށް ތައާރަފުވި އެންމެ ކާމިޔާބު އެއް ތަރިއަކީ ސާރާ ކަމަށް ބުނުމަކުން ގޯހަކަށް ނުވާނެ އެވެ.

ސާރާގެ ކުރިއަށް އޮތް ފިލްމަކީ "ކޫލީ ނަންބަރު 1"  އެވެ. މި ފިލްމުގައި ސާރާ ފެނިގެންދާނީ ވަރުން ދަވަންއާއެކު އެވެ. 

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް