ads
ޝަކީލް
ގާޒީ ޝަކީލް ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި
ދެ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ.
Advertisement

މަނީ ލޯންޑްރިންނާ ރިޝަވަތުގެ ކުށެއް ޔާމީންގެ މައްޗަށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާކަން ޖޭއެސްސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމުގެ ތެރެއިން ފަހުން ޖޭއެސްސީން އިއުލާން ކުރި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާދަމާ މެންދުރު 12 ޖަހާއިރުއެވެ. ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ވަނަވަރު ޖޭއެސްސީން ހާމަކުރަނީ އިއުލާންގެ މުއްދަތު ހަމަވުމުންނެވެ.

މާދަމާ މެންދުރު 12 ޖަހާއިރަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، ޝަކީލް އެ މަގާމަށް ކުރިމަތި ލައްވާފައިވާކަން، ނަން ހާމަކުރަން ނޭދޭ ޝަކީލުގެ އަރިސް މީހެއްގެ ފަރާތުންވަނީ ކަށަވަރު ކުރެވިފައެވެ.

ޝަކީލްއަކީ 20202 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީއެވެ. އޭނާ އިސްގާޒީ ކަމަށް އައްޔަން ކުރީ، ކުރިން ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ދިޔަ އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމުންނެވެ. ޝަކީލަކީ ކުރިން ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ. ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ. އެކަމަކު ފަހުން އަނެއްކާވެސް ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ޝަކީލް، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރިން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ރަޝީދުވަނީ ފަހުން ސުޕްރީމް ކޯޓަށް ބަދަލު ކުރައްވާފައެވެ.

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް