ads
ޖޮކޮވިޗް
އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ޖޮކޮވިޗަށް
އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރީ މިއަދު ކުޅުނު ފައިނަލް މެޗުގައި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސްއާ ދެކޮޅަށް، 6-3، 7-6، 7-6 އިން ބަލިކޮށްގެނެވެ. 

މިއީ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ހޯދި 10 ވަނަ ފަހަރެވެ. އެއާއި އެކު ކެރިއަރުގައި 22 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް، ސްޕެއިނުގެ ރަފައެލް ނަޑާލް ހަދާފައިވާ ރެކޯޑާ ޖޮކޮވިޗް މިއަދުވަނީ ހަމަކޮށްފައެވެ.

ޖޮކޮވިޗްވަނީ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ކުޅުނު 10 ފަހަރު ވެސް ޗެމްޕިއަންކަން ހޯދާފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް