ބްރައިޓަން އަތުން ލިވަޕޫލް އާދިއްތަ ދުވަހުގެ ރޭ ބަލިވީ، ދެ ލަނޑު އެއް ލަނޑުންނެވެ. ބްރައިޓަން އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލް ކަޓުވާލިއިރު، ލީގުގައި މި ފަހުން ތިން ލަނޑު ސުން ލަނޑުންވެސް ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވެއެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ ލަނޑު އެ ޓީމަށް ޖަހައިދިނީ، ހާވީ އެލިއަޓްއެވެ. ބްރައިޓަންގެ ލަނޑުތައް ޖެހީ ކެޕްޓަން ލެވިސް ޑަންކް އަދި ޖަޕާނުގެ މިޓޯމާ އެވެ.