ads
އޭނީ އާއި އެންއޯސީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރާއިރު އިޓަލީގެ ބޮޑުވަޒީރު އަދި ޓްރިޕޮލީ ސަރަހައްދު ހިމެނޭ ވެރިކަމުގެ ބޮޑުވަޒީރު ފަހަތުގައި ހުއްޓިވަޑައިގެން - ފޮޓޯ:ރޮއިޓާސް
އޭނީއިން ލީބިޔާ އާއެކު 800 ބިލިއަން ޑޮލަރުގެ ހަކަތައިގެ އެއްބަސްވުމަކަށް
އިޓަލީގެ ތެޔޮ ކުންފުނި އޭނީ އިން ލީބިޔާ އާއެކު 800 ބިލިއަން ޑޮލަރުގެ ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

އިޓަލީގެ ބޮޑުވަޒީރު ޖޯޖަ މެލޯނީ ވަނީ ހަކަތައިގެ ބޮޑު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ލީބިޔާއަށް ޒިޔާރަތް ކުރައްވާފައެވެ. 

ލީބިޔާގެ ވެރިރަށް، ޓްރިޕޮލީ ގައި ބޭއްވުނު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެ ކަމަނާ ވަނީ ދެ ގައުމުގެ ދޭތެރޭގައިވާ ގުޅުންތައް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ހަކަތަ އާއި ހިޖުރަކުރުމާ ގުޅޭގޮތުން ލީބިޔާ އާއެކު މަޝްވަރާކުރުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މެލޯނީ މަސައްކަތް ކުރައްވަމުން ގެންދަވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް އިޓަލީއަށް ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރުމަށް ޓަކައި ސަލާމަތީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށެވެ.

އޭނީ އިން ލީބިޔާގެ ނޭޝަނަލް އޮއިލް ކޯޕަރޭޝަން (އެންއޯސީ) އާއެކު ވީ އެއްބަސްވުމާ އެކު އުތުރު އެފްރިކާއިން އިތުރު ތެލާއި ގޭސް ހޯދުމުގެ ފުޅާ ސްޓްރެޓެޖީގެ ދަށުން ލީބިޔާގެ ގޭސް ދަނޑުތަކަށް އޭނީ އިން އިންވެސްޓްކުރާނެއެވެ.

އޭނީ އާއި އެންއޯސީ އާ ދެމެދު ވެވުނު އެ އެއްބަސްވުމަކީ 2000 ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިންގާނެ ފުރަތަމަ އަދި ބޮޑު ގޭސް މަޝްރޫއު ކަމަށް އޭނީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި 2026 ވަނަ އަހަރު ގޭސް އުފައްދަން ފަށާއިރު، ދުވާލަކު ގޭސް އުފެއްދޭ މިންވަރު 750 މިލިއަން ކިއުބިކް ފީޓާ ހަމަޔަށް އިތުރު ކުރެވިގެންދާނެ ކަމުގައެވެ. އޭނީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ލީބިޔާއަށް 13 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އެންއޯސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެންއޯސީގެ ޗެއާމަން ފަރުހަތު ބެންގްދަރާ ވިދާޅުވީ އެ އެއްބަސްވުމަކީ ލީބިޔާގެ ތެލާއި ގޭހުގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމާ ގުޅިގެން އެ ގައުމު ވަނީ ވިޔަފާރިއަށް ހުޅުވާލެވިފައިވާކަން ދުނިޔެއަށް ހާމަވެގެންދާނެ ކަމަށެވެ.

އޭނީގެ މެލިތާ ޕްލާންޓާ ކަނޑުގެ ދެ ޕްލެޓްފޯމެއް ގުޅާލާއިރު، އެ އެއްބަސްވުމުގައި ކާބަން ކެޕްޗާ އެންޑް ސިކުއެސްޓްރޭޝަން ޕްލާންޓެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ހޯދުންތަކުގެ އަލީގައި ގޭސް އުފެއްދޭ މިންވަރު ހަތަރު ބިލިއަން ކިއުބިކް ފީޓަށް ވުރެ އިތުރުކުރެވޭނެ ކަމަށާއި އޭނީ އާއެކު ބައުރީ ދެ ދަނޑު ތަރައްގީކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ބެންގްދަރާ ވިދާޅުވިއެވެ.

އެއްބަސްވުމުގެ ސަބަބުން ލީބިޔާގައި ހިންގާ މައިގަނޑު ކުންފުނީގެ ގޮތުގައި އޭނީގެ ދައުރު ހަރުދަނާކޮށްދޭނެ ކަމަށް އޭނީގެ އެގްޒެކެޓިވް އޮފިސަރު ކްލަޑިއޯ ޑެސްކަލްޒީ ވިދާޅުވި ކަމަށް ނޫސް އެޖެންސީ އަންސާ އިން ރިޕޯޓްކޮށްފައިވެއެވެ.

މެލޯނީގެ ދަތުރުފުޅުގައި ވަނީ ބޮޑުވަޒީރު އަބްދުލްހަމީދު އައްދުބައިބާ އާ ބައްދަލުކުރައްވާފައެވެ. އައްދުބައިބާ އަކީ ބައިބައިވެފައިވާ ލީބިޔާގެ ޓްރިޕޮލީ ހިމެނޭހެން ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރާ ވެރިކަމުގެ އެންމެ އިސް ފަރާތެވެ. 

އިޓަލީން ބޭނުންވަނީ ލީބިޔާ ހަމައަކަށް އެޅުވުމަށް އެހީތެރިވެދީ، އިންތިހާބު ބޭއްވުމަށް ކުރެވޭ މަސައްކަތްތައް އަވަސްކުރުމަށް ކަމަށް މެލޯނީގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައިވެއެވެ. މެލޯނީ ވިދާޅުވި ގޮތުގައި އޭނީ އިން އެންއޯސީ އާއެކު ވީ އެއްބަސްވުމަކީ އިޓަލީން ޔޫރަޕުގެ ގޭސް ސަޕްލައި ހަބެއްގެ ގޮތުގައި ވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިޔަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެެވެ.

ލީބިޔާއިން އިޓަލީއަށް ނުގަވާއިދުން ހިޖުރަކުރާ މީހުންގެ އަދަދު އަދިވެސް ގިނަ ކަން ފާހަގަ ކުރައްވާ މެލޯނީ ވިދާޅުވީ އިޓަލީ އަށް އެތެރެވާ މީހުންގެ ތެރެއިން 50 އިންސައްތަ އަށް ވުރެ ގިނަ މީހުންނަކީ ލީބިޔާ އިން ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވާ މީހުން ކަމަށް ވުމާ އެކު، ހިއުމަން ޓްރެފިކިން އާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް