ads
ޕްރިޔަންކާ(ކ) އަދި ފަރާހް (ވ)
ޕްރިޔަންކާ ޗަހަރު ޗައުދަރީ އަކީ ނާސި އަންހެނެއް: ފަރާހް ހާން
ޕްރިޔަންކާ ޗަހަރު ޗައުދަރީ އަކީ ނާސި އަންހެނެއް ކަމަށް ބިގް ބޮސް 16 ގެ ވަގުތީ ހޯސްޓު ފަރާހް ހާން ބުނި މައްސަލަ ހޫނު ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ބިގް ބޮސް އެޕިސޯޑުގައި ފަރާހް ހާން ވަނީ ޕްރިޔަންކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. 

އެގޮތުން ފަރާހް ބުނީ ޕްރިޔަންކާއަކީ އެއްވެސް ކަމެއްގައި ރަނަގަޅަށް އުޅެވޭ މީހެއް ނޫންކަމަށެވެ. އަދި އޭނާ 'ބިގް ބޮސް' އަށް އައީ އޭނާގެ ހަގީގަތް ފަޅާއަރަން ކަމަށެވެ. 

your imageޕްރިޔަންކާ ޗަހަރު ޗައުދަރީ

"ޕްރިޔަންކާއަކީ ނާސި އަންހެނެއް. އޭނާގެ މިތް ފަޅާއަރަން މިތަނަށް އައީ،" ފަރާހް ބުނެފައިވެއެވެ.

ބިގް ބޮސްގެ މި ހަފްތާގެ އެޕިސޯޓުތައް ފަރާހް ހާން ހުށަހަޅަމުން ގެންދަނީ ޝޫޓިން އެއްގައި ސަލްމާން ހާން ބިޒީ ކޮށް އުޅޭތީއެވެ. 

ފަރާހްގެ މި ކޮމެންޓުތަކަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ޕްރިޔަންކާއަށް އެގޮތަށް ހުތުރުކޮށް ފާޑުކިޔުމުގެ ހައްގެއް ނޯންނާނެކަމަށް ފަރާގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ. 

"ފަރާ އަކީ އިންސާފު ވެރިކަމާއެކު މި ޝޯ ހޯސްޓު ކުރެވޭނެ މީހެއް ނޫން. އޭނާގެ ކޮށްކޮވެސް މި ޝޯގަ އުޅޭ. އޭނާއަށް އަބަދުވެސް ފެންނާނީ އެހެން މީހުންގެ މައްސަލަ. އަދި މީހެއްގެ ބޮލުގަ އެފަދަ އިލްޒާމެއް އެޅުވުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ" ފަރާއަށް ފާޑުކީ މީހަކު ވަނީ ބުނެފައެވެ.

ޕްރިޔަންކާ ޗަހަރު ޗައުދަރީ އަކީ އިންޑިއާގެ މޮޑެލް އެއް އަދި އެކްޓަރެކެވެ. އޭނާ އެންމެ ފުރަތަމަ ފެނުނީ ޕަންޖާބް ފިލްމު ތަކުންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބައެއް ހިންދީ ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި 'ޕެންޑިން ލަވް' އަދި 'ކޭންޑީ ޓުވިސްޓު' ފާހަގަކޮށްލެވެއެވެ. 

9%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް