ads
ރޮނާލްޑޯގެ ލޯބިވެރިއާގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގެ ތެރެއިން
ރޮނާލްޑޯގެ ލޯބިވެރިއާގެ އުފަންދުވަސް ސައުދީގައި ކުލަގަދަކޮށް ފާހަގަކޮށްފި
އާޖެންޓީނާގެ މޮޑެލް އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒް އޭނާގެ 29 ވަނަ އުފަންދުވަސް އާއިލާއާއެކު ސައުދީ އަރަބިއްޔާގެ ރިޔާދުގެ އަރްމީނިއާގެ ރެސްޓޯރެންޓް "ލަވާޝް" ގައި މި ހަފްތާ ބަންދުގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ރޮޑްރިގޭޒް އާއި ރޮނާލްޑޯ އަދި އެމީހުންގެ ދަރިންގެ ފޮޓޯ ވަނީ އިންސްޓަގްރާމަށް ލާފައެވެ. އެމީހުން އުފަންދުވަސް ފާހަގަކުރަން ތިން ބުރީގެ ކޭކެއް ވެސް ވަނީ އަޅާފައެވެ. 

އެކޭކުގައި އުފަންދުވަހުގެ ތަހުނީ ޕޯޗުގީޒް ބަހުން ލިޔެފައިވާއިރު، ކޭކު ވަނީ މާ ކޯޅީއަކުން ޒީނަތްތެރިކޮށްފައެވެ. 

އުފަން ދުވަސް ފާހަގަކުރީ ހުދު ފުއްޕާހަން ތަކުން ޒީނަތްތެރިކޮށްފައިވާ ޕްރައިވެޓް ކޮޓަރިއެއްގައެވެ. އެ ކޮޓަރިއަށް ދާމަގު ޒީނަތްތެރިކޮށްފައިވަނީ ޖޯޖިނާގެ ފޮޓޯތަކުންނެވެ. 

މިމަހުގެ ކުރީކޮޅު މި ދެމަފިރިން ސައުދީ އަރަބިއްޔާއަށް ބަދަލުވީ އަލް ނަސްރު ފުޓްބޯޅަ ކްލަބާއެކު ރޮނާލްޑޯ ހަދާފައިވާ އާ ކޮންޓްރެކްޓަށް އަމަލުކުރަން ފެށުމުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރު ޓީމާ ގުޅުނީ 213 މިލިއަން ޑޮލަރަށެވެ. މިއީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު މުސާރައެވެ.

މިިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެންޗަސްޓާ ޔުނިޓެޑުގައި އޭނާ އުޅެމުންދާ ހާލު މީޑިއާަށް ހާމަކޮށްފައެވެ. އެ ވާހަކަތައް ދެއްކުމާއެކު މެންޗެސްޓާ ޔުނިއޓެޑުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓު އުވާލާފައެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް