ads
ކުޑަފަރި: ބިމެއްގެ މައްސަލައިގައި ބޮޑު ދެބަސްވުމެއް ވަނީ އުފެދިފައި - ފޮޓޯ:އައިލްސް
ކުޑަފަރީގައި ބިމެއްގެ މައްސަލަ ބޮޑުވެ، ބޮޑު ދެބަސްވުމަކަށް
ނ. ކުޑަފަރީގައި ބިމަކާ ގުޅޭގޮތުން އުފެދުނު ދެބަސްވުމަކާއި ގުޅިގެން ރަށުގެ އާއްމު މަސްލަހަތު ގެއްލި ފުލުހުން އެރަށަށް އަރައިފިއެވެ.

އިއްޔެ އިރުއޮއްސުނު ވަގުތާ ދިމާކޮށް އެ ރަށަށް ފުލުހުން ދިއުމާ އެކު، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު ދެބަސްވުންތަކެއް ހިނގާ ދިޔަ އެވެ. ފުލުހުންނާއި އާންމުންނާ ދެމެދު ހިނގާދިޔަ ދެ ބަސްވުންތަކުގެ ވީޑިއޯތައް ރޭ ސޯޝަލް މީޑިއާ ގައި އާންމު ވެސް ވިއެވެ. އެހެން ނަމަވެސް، އެ ކަންކަމަށް ފަހު އެއްވެސް މީހަކު ހައްޔަރުކުރުމަކާއި ނުލާ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެރަށުން ފައިބާފަ އެވެ. 

ކުޑަފަރި ކައުންސިލްގެ ރައީސް ޝަމީމް މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި މިހާރު މައްސަލަ އުފެދިގެން އުޅޭ ބިމަކީ އެގްރިމެންޓެއްގެ ދަށުން އަމިއްލަ ފަރުދަކަަށް ގެސްޓު ހައުސް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމެކެވެ. އެ މުއާމަލާތް ހިނގައިފައިވަނީ 2013 ވަނަ އަހަރު ކަމަށާއި އެ ފަރާތާ އެކު ވެވުނު އެއްބަސްވުމުގައި ވަރަށް ތަފުސީލުކޮށް ކަންކަން ބަޔާންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ފަހީމްގެ ބަސް

މި ކަމާ ގުޅިގެން މުހައްމަދު ފަހީމް ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވަނީ:

  • 'ސުވާސްތީ' ބިމުގައިވާ އެންމެހާ އިމާރާތްތަކާއި ތަންތަނަކީ އޭނާގެ އަމިއްލަ ހަރަދުގައި ހަދާފައިވާ ތަންތަން ކަމަށް
  • އޭނާއަށް އެނގުމަކާ ނުލާ އަބޭޒް އިންވެސްޓްމަންޓަށް އިމާރާތް ކުއްޔަށް ދީފައިވާ ކަމަށް
  • ބިން ކުއްޔަށް ނެގުމަށް ހަދާފައިވާ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެއް ކަމަށް
  • ބިމުގައިވާ ގަސްތަކަށާއި އިމާރާތުގައި ހަދާފައިވާ ތަންތަނުގެ ތަޅުތައް ބަދަލުކޮށް ތަނަށް ގެއްލުންތަކެއް ދީފައިވާ ކަމަށް
  • އިމާރާތް އެއްވެސް ފަރާތަކަށް ކުއްޔަށްދޭން ބޭނުންނުވާ ކަމަށާއި ބާރުގެ ބޭނުންކޮށްގެން އިމާރާތް ހޯދަން އުޅުނު ކަމުގައި ވިޔަސް އިމާރާތް ދޫނުކުރާނެ ކަމަށް

އަބޭޒް އިންވެސްޓްމަންޓްސްގެ ބަސް

އަބޭޒް އިންވެސްޓްމަންޓްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައިވަނީ:

  • އެ ކުންފުނީގެ ފަރާތުން ކުއްޔަށް ހިފާފައިވާ 'ސުވާސްތީ' ގައި ހަދާފައިވާ ދެ ކޮޓަރީގެ ބީޗް ހައުސްއަށް މި މަހުގެ ހަތަރު ވަނަ ދުވަހު ބަޔަކު ވަދެ ގެއްލުން ދީފައިވާ ކަމަށް
  • 'ސުވާސްތީ' ބަލަހައްޓަން ތިބި ފަރާތްތަކަށް ބިރުދައްކައި އެ ފަރާތްތައް ތަނުން ނެރެ، ތަން ހިސޯރުކޮށްފައިވާ ކަމަށާއި އެ ކަމުގައި ރަށު ކައުންސިލްގެ ދެ މެންބަރަކު ވެސް ހިމެނޭ ކަމަށް
  • އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ފުލުހުންގެ ފަރާތުން ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް
  • ކުންފުނީގެ މުވައްޒަފުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަމުން ގެންދާނެ ކަމަށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް