
ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮން ނެގުމުގެ ފުރުސަތު ލިބޭނެ - ފޮޓޯ:ދިރާގު
ދިރާގުގެ 'ސަޅި 28 ޑޭސް' އެޑްއޮން އާއެކު، ކޮންމެ ދުވަހަކު ހަތަރު ޖީބީ ޑޭޓާ
މުހައްމަދު އަތީފް
30 ޖެނުއަރީ 2023 - 16:32:01
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް 'ސަޅި 28 ޑޭސް' ގެ ނަމުގައި ޑެއިލީ ޑޭޓާ ލިބޭ އެޑްއޮންއެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތައާރަފުކުރި 'ސަޅި 28 ޑޭސް' އެޑް-އޮން އާއެކު، މިހާރު އެންމެ 595 ރުފިޔާއަށް 112 ޖީބީގެ ޑޭޓާ 28 ދުވަހުގެ މުއްދަތަކަށް ލިބޭނެ ކަމަށެވެ.
'ސަޅި 28 ޑޭސް' އެޑް-އޮން
- ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App މި އެޑް-އޮން ނެގޭނެ
- ނުވަތަ 343 އަށް ކީވޯޑް 'S3GB28' ޖަހާފައި އެސްއެމްއެސް ކޮށްގެންވެސް އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ
- ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮން ނެގުމުގެ ފުރުސަތު ލިބޭނެ
ސަޅި ޕްރީޕެއިޑް ޕްލޭން - ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނާ އެކު، ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ
އިތުރު މައުލޫމާތު: https://bit.ly/3xpM4WP
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމުގައެވެ.
އިތުރު މައުލޫމާތު: https://bit.ly/3HDue87
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް