ads
ޝަކީލް ޖޭއެސްސީގެ ރައީސް ހިސާންއާއެކު
ޝަކީލް އާއިއެކު ހައިކޯޓަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް އާއިއެކު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މިއަދު މެންދުރު 12 ޖެހިއިރު، ހަމަވިއިރު ޝަކީލްގެ އިތުރުން ދެ އެމަގާމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ އަދި ހުޅުމާލޭ ދޮޅަސް، ހުސައިން ޝަކީބް ކަމަށެވެ.

ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ޝަކީލަކީ މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވުމުން ހުކުމް ކުރެއްވި ގާޒީއެވެ. 

ޔާމީންގެ މައްޗަށް ޖަލު ހުކުމް ކުރި ޝަކީލްއަކީ 20202 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީއެވެ. އޭނާ އިސްގާޒީ ކަމަށް އައްޔަން ކުރީ، ކުރިން ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ދިޔަ އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމުންނެވެ. 

ޝަކީލަކީ ކުރިން ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ. ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ. އެކަމަކު ފަހުން އަނެއްކާވެސް ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ޝަކީލް، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރިން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ރަޝީދުވަނީ ފަހުން ސުޕްރީމް ކޯޓަށް ބަދަލު ކުރައްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް