ads
އެންޒީ ފެނާންޑޭޒް
އެންޒީ ފެނާންޑޭޒްއަށް ޗެލްސީން ރެކޯޑް އަގެއް ހުށަހަޅައިފި
ބެންފީކާއަށް ކުޅޭ އާޖެންޓީނާގެ އެންޒީ ފެނާންޑޭޒްއަށް ޗެލްސީން 120 މިލިއަން ޔޫރޯ ހުށަހަޅައިފިއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންޒޯއަށް ޗެލްސީން މި ހުށަހެޅި އަގަކީ އިގިރޭސިވިލާތުގެ ޓްރާންސްފާ ރެކޯޑް އަގެކެވެ. އާޖެންޓީނާގެ އެންޒީ ފެނާންޑޭޒް އަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ކުޅުންތެރިޔާއެވެ.

އެންޒީއަށް 120 މިލިއަން ޔޫރޯ ހުށަހެޅުމުގެ ކުރިން، ޗެލްސީ އިން ވަނީ އެންޒޯ ގެ ބަދަލުގައި ބްރައިޓަން އަށް ކުޅޭ އެކުއެޑޯގެ މޮއީސެސް ކައިސޭޑޯ ހޯދަން ވެސް މަސައްކަތް ކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ އެންޒީ ފެނާންޑޭޒްވަނީ އާޖެންޓީނާއާ އެކު ވޯލްޑްކަޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ކުޅެފައެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް