ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުން ލެވަކޫސަން މޮޅުވީ، ދެ ލަނޑު ސުން ލަނޑުންނެވެ. އެހެންކަމުން އަންނަ ހަފްތާގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެންވެސް އެ ޓީމަށް ފައިނަލްގެ ފުރުސަތު ލިބޭނެއެވެ.
ރޭގެ މެޗުގައި ލެވަކޫސަނަށް ލީޑުނަގައިދިނީ ފްލޯރިއަން ވާޓްޒް އެވެ. ދެ ވަނަ ގޯލު ޖެހީ، ރޮބާޓް އަންޑްރިޗް އެވެ.
ޔޫރޮޕާ ލީގުގެ އަނެއް ސެމީ ފައިނަލުގައި، ފްރާންސްގެ މާސޭ ވަނީ އިޓަލީގެ އެޓަލަންޓާއާ 1-1 އިން އެއްވަރުވެފަ އެވެ.