ads
ނިޝާހްއަށް ރައީސް އެވޯޑް ދެއްވަނީ
ނިޔާވި ޒުވާނާއަށް ގެނބުނު ކުއްޖެއް ސަލާމަތްކޮށްގެން އެވޯޑް ލިބުނު
ބޮއެ އަޅަން މޫދަށް ފައިބާ އުޅެނިކޮށް އިއްޔެ ނިޔާވި ރ އިނގުރައިދޫ، މާހާ، ނިޝާހު އަބްދުލް ގަފޫރަކީ މީގެކުރިން މޫދުގައި ދިމާވި ގެނބުމުގެ ހާދިސާއެއްގައި ކުއްޖަކު ސަލާމަތްކޮށްދީގެން ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް ލިބިފައިވާ ޒުވާނެކެވެ.

ނިޝާހު ނިޔާވީ އދ އަތޮޅުގައި މާފުށިވަރު ރިސޯޓު ކައިރިއަށް މޫދުގައި އުޅެނިކޮށް ހާލުދެރަވެގެން އދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 18 އަހަރެވެ.

ނިޝާހު މާލެގެނެސް ރޭ މެންދަމުވަނީ ޖަނާޒާ ބާއްވާފައެވެ.

ނޫސްތަކުގައި ހުރި ކުރީގެ ހަބަރުތަކަށް ބަލާއިރު، ނިޝާހުއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އެވޯޑެއް 2019 ވަނަ އަހަރު ލިބިފައެވެ.

އޭނާއަށް އެވޯޑް ލިބުނީ 18 ނޮވެމްބަރު 2018 ގައި ރ އިނގުރާދޫ ކައިރިއަށް މަސް ހިފަން ފީނަންގޮސް އުޅެނިކޮށް ގެނބުނު ޒުވާނަކު ސަލާމަތް ކޮށްދިނުމުގައި ދެއްކި ހިތްވަރު ހިތްވަރު ފާހަގަކޮށެވެ. އޭރު ނިޝާހުގެ އުމުރަކީ އެންމެ 14 އަހަރެވެ.

ގެނބުނު ކުއްޖާ ސަލާމަތް ކުރުމުގައި ދެއްކި ހިތްވަރު ފާހަގަކޮށް ނިޝާހުގެ އިތުރުން އޭނާގެ އެހެން އެކުވެރިއެއްކަމަށްވާ ރ އިނގުރައިދޫ ހަތިހާ، އުމުރުން 16 އަހަރުގެ އަލީ ފައުޒާންއަށްވެސް ރައީސްގެ އެވޯޑް ދެއްވާފައި ވެއެވެ. އެވޯޑް ދެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް