ads
ހަނދާނީ ފިލާ ލިބުނު ދެ ސްކައުުޓުން -- ފޮޓޯ:ސޯޝަލް މީޑިއާ
ގެނބެމުންދިޔަ ކުއްޖަކު ސަލާމަތްކުރި ދެ ސްކައުޓުންގެ އަގުވަޒަންކޮށްފި
ރ. އިނގުރައިދޫގައި މިދިޔަ އަހަރު ގެނބެމުންދިޔަ ކުއްޖަކު ސަލާމަތްކުރި ދެ ސްކައުޓުންގެ އަގުވަޒަންކޮށްފިއެވެ.
ރ. އިނގުރައިދޫގެ ފަޅުތެރޭގައި މިދިޔަ އަހަރު ގެނބެމުން ދަނިކޮށް ކުއްޖަކު ސަލާމަތްކުރި ދެ ސްކައުޓުންގެ އަގުވަޒަންކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި އެދެކުދިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ.

މި ދެ ދަރިވަރުންނަކީ ރ. އިނގުރައިދޫ ހަތިހާ، އުމުރުން 16 އަހަރުގެ އަލީ ފައުޒާން އާއި ރ. އިނގުރައިދޫ މާހާ، އުމުރުން 15 އަހަރުގެ ނިޝާހް އަބްދުލްގަފޫރު އެވެ.

މި ދެ ދަރިވަރުން ވެސް ވަނީ މިދިޔަ އަހަރު އިނގުރައިދޫ ހުދު ފިނިފެންމާގެ އުމުރުން 14 އަހަރުގެ އަހުމަދު އަހުނަފް މަސް ހިފަން ފީނަން ގޮސް އުޅެނިކޮށް، އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ވަނިކޮށް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި، އެކުއްޖާގެ ފުރާނަ ސަލާމަތްކޮށްދީފަ އެވެ.

މި ދެ ސުކައުޓުންނަށް ހަނދާނީ ފިލާ އަރުވާފައިވަނީ ގައުމީ ފެންވަރެއްގައި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް