
ފިރިމީހާގެ މޫނަށް އެސިޑު ޖެހުމުގެ ކުރިން ދެ މީހުން ވަނީ ޒުވާބުކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ކޫޕާގަންޖް ސަރަހައްދުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ.
ދައްބޫ ނަމަކަށް ކިޔާ އެ ފިރިހެން މީހާ ވަނީ އުރުސާލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި ކަލެކްޓާ ގަންޖް ޕޮލިސް ސްޓޭޝަންގައި މި މައްސަލ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ދައްބޫ ވަނީ މި މައްސަލަ ހިނގާދިޔަ ގޮތް ސާފުކޮށްދިނުމަށް ބަޔާނެއް ވެސް ނެރިފައެވެ. އެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަންހެނުން ޕޫނަމް ގެއަށް އައީ ލަސްވެގެން ކީއްވެތޯ ސުވާލު ކުރުމުން ރުޅިގަދަވެ މާރާމާރީ ހިންގަން ފެށި އެވެ.
ރުޅިވެރިކަމުގެ ތެރޭގައި ދޮންނަ ކޮޓަރިން އެސިޑް ނަގައި ދައްބޫ އާއި ދިމާލަށް އެއްލިއެވެ.
މި މައްސަލައިގައި ދައްބޫގެ އަނބިމީހާ ވަނީ ހައްޔަރުކޮށްފައެވެ.