ads
ޓާފްތަކުގައި ރޯކޮށްލާފައި
ނޮޅިވަރަމު ބޯޅަދަނޑުގައި އަޅަން ގެންގޮސްފައިހުރި ޓާފުތަކުގައި ރޯކޮށްލައިފި
ހދ ނޮޅިވަރަމް ބޯޅަ ދަނޑުގައި އަޅަން ގެންގޮސްފާހުރި ޓާފު ތަކުގައި ރޭ ބަޔަކު ރޯކޮށްލައިފިއެވެ.

މީގެ ތިންއަހަރު ކުރިން އެރަށުގެ ބޯޅަ ދަނޑު ތަރައްގީ ކުރުމަށް ގެންގޮސްފާހުރި މިޓާފު ތަކުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 3:30 ހާއިރު ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
އަދި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ފަތިހު ހައެއް ޖެހިފަހުން ކަމުގައިވެސް މައުލޫމާތު ލިބެއެވެ. މިހާދިސާގައި ރޯވެފައިވަނީ އެހާ ގިނަ ޓާފުތަކެއްގައި ނޫން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. 

ކައުންސިލުން އިތުރަށް މައުލޫމާތުދޭ ގޮތުގައި އެ ޓާފުތަކުގައި ރޯވާން މެދުވެރިވި ސީދާ ސަބަބެއް ނޭގުނަސް، އެ އެއްޗެހީގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އެ ސަރަހައްދާ ކައިރީގައިވެސް އަލިފާނުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. 

މިކަމާ ގުޅިގެން ޔޫތް މިނިސްޓްރު އަޙްމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި "އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ. އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް." ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް