ads
ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެއެއއްވ
ނުވަ ރަށެއްގެ ޖަނެރޭޓަރުތައް ދުވާލުގަޑީގައި ނިއްވާލަނީ
އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން ރާއްޖޭގެ ނުވަ ރަށެއްގައި ދުވާލުގަޑީ ޖަނެރޭޓަރުތައް ނިއްވާލެވޭނެކަމަށް އެންވަޔަރމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ރ އަތޮޅު އަދި ބ އަތޮޅުގެ 26 ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމްކުރުމަށް ހަފާލުކުރުމުގެ ރަސްމިއްޔާތުގައެވެ.

ޝައުނާ ވިދާޅުވީ މިހާރު ހިންގަމުންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން ރާއްޖޭގެ ނުވަ ރަށެއްގައި ދުވާލުގަޑީ ޖަނެރޭޓަރުތައް ނުހިންގާ ހަކަތަ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިހާރުވެސް ދެ ރަށެއްގައި ޖަނެރޭޓަރުތައް ނިއްވާލެވޭވަރަށް މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނަ ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދިނުމުގެ އެތައް މަޝްރޫއެއް މިހާރު ކުރިއަށްދާކަމަށާއި މަސައްކަތްތައް ނިމުމުން ޖުމްލަ ނުވަ ރަށެއްގައި ދުވާލުގަޑީ ޖަނެރޭޓަރުތަކާއި ނުވާ ކަރަންޓް ދެވޭނެކަމަށެވެ. އެހެންކަމުން އެރަށްރަށުގައި ދުވާލުގަޑީ ޖަނެރޭޓަރުތައް ނިއްވާލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޔާދަކުރަނިވި ކަކަތަ ގާއިމްކުރުމުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާއި ރައްޓެހި ހަކަތައިގެ ނިޒާނެއް ގާއިމްކުރުމާއި ކަރަންޓް އުފެއްދުމަށް ސަބްސިޑީސްއަށް ކުރާ ހަރަދު ކުޑަކުރުންކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

78%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް