އުމުރުން 40 އަހަރުގެ މޯ ފަރާއަކީ، ލަންޑަން އޮލިމްޕިކްސް 2012 އަދި ރިއޯ އޮލިމްޕިކްސް 2016 ގައި 5000 މީޓަރު އަދި 10000 މީޓަރުގެ ދުމުގެ ރަން މެޑަލް ހޯދި އެތްލީޓެވެ. 5000 މީޓަރު އަދި 10000 މީޓަރުގެ ދުނިޔޭގެ ރެކޯޑްވެސް މޯ ފަރާހްވަނީ ހަދާފައެވެ.
މި އަހަރުގެ ލަންޑަން މެރެތަން އޮންނާނީ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ. މިދިޔަ އަހަރުގެ މެރެތަން މިސްވުމުން، މި އަހަރުގެ މެރެތަންއަށް މޯ ފަރާހް އަންނަނީ ދުރާލައި ތައްޔާރުވަމުންނެވެ.
މި އަހަރުގެ ލަންޑަން މެރެތަންއަކީ އެންމެ ފަހު މެރެތަންކަމަށް މޯ ފަރާހް ބުނެފައިވާއިރު، އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސްގައިވެސް ފަހަރުގައި މޯ ފަރާހް ނުފެނިދާނެއެވެ. އޭނާގެ ވިސްނުން ހުރީ މި އަހަރަށް ފަހު ދުވުން ހުއްޓާލާށެވެ.