ads
މޯލްޑިވިއަނުން ގެނައި އޭޓީއާރު 72 މަރުކާގެ ދެ ބޯޓު: އޭޓީއާރު 42 މަރުކާގެ ބޯޓެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަންގެ ތިންވަނަ އޭޓީއާރު ބޯޓު މި މަހު ގެންނަނީ
އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެންނަން ނިންމި ފަހު ބޯޓު މި މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.

އެ ތިން ބޯޓުގެ ތެރެއިން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީ ނިމިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދެ ބޯޓުގެ ބޭނުން ކުރަން ފަށާފައިވާއިރު، ފުރަތަމަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެެވެ. ދެ ވަނަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެެވެ.

އޭޓީއާރު 72 މަރުކާގެ ދެ ބޯޓު

  • ކޮންމެ ބޯޓަކުންވެސް 70 ފަސިންޖަރުން އެއްފަހަރާ އުފުލޭނެ
  • ތެޔޮ ހަރަދު ތިން އިންސައްތަ ކުޑަ
  • މަރާމާތުގެ ހަރަދުތައް 20 އިންސައްތައަށް ދަށް
  • ކާބަން ފުޓްޕްރިންޓް ދަށް ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (އެސްއޭއެފް) ބޭނުންކުރަން މަގުފަހިކޮށްދޭ

އޭޓީއާރު މަރުކާގެ ދެ ބޯޓާ އެކު އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަނުން ބޭނުންކުރާ ބޯޓުތަކުގެ އަދަދު މިހާރު ވަނީ 12 ބޯޓަށް އިތުރުވެފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ބޯޓު އޮތް އިރު، އޭގެ ތެރޭގައި ދެން ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް