ads
މިހާރު ފަށާފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެތަން އޮންނާނެ ގޮތުގެ 3ޑީ ކުރެހުމެއް---
ހަނިމާދޫ އެއަޕޯޓުގެ ރޭގަނޑު ދަތުރުތައް މެދުކަނޑާލަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުން ޓްރިވަންޑްރަމްއަށް ކުރާ ދަތުރުތައް ހިމެނޭހެން ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން މިއަދު ބުނިގޮތުގައި މިއަހަރުގެ މާޗު 1 ވަނަ ދުވަހުން ފެށިގެން ރޭގަނޑުގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކެނޑިގެންދާނެ އެވެ. އެހެންވެ، ހަނިމާދޫ އާއި ޓްރިވަންޑްރަމް އާއި ދެމެދު ކުރަމުން އަންނަ ދަތުރުތައްވެސް އެދެވަހުން ފެށިގެން މެދުކަނޑާލާނެ އެވެ. 

މޯލްޑިވިއަން އިން ބުނީ، ރޭގަނޑުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ. ނަމަވެސް މާޗު 1 ގެ ފަަހަށް މިހާރު ޓިކެޓު ނަގާފައިވާ މީހުންނަށް ކޯލްސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންކަން ހަމަަޖައްސައިދޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. 

އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 6 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ތެރެއިން 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ގާއިމްކުރާއިރު، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަރުގެ ޒަމާނީ އާ ޓާމިނަލެއް ވެސް ތަރައްގީކުރާނެ އެވެ. މަޝްރޫއު ނިންމުމަށް އަމާޒުހިފާފައި ވަނީ 2024 ގައި ހިދުމަތް ފެށޭ ގޮތަށަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް