މިއީ ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ އޭއެފްސީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ތިންވަނަ ދައުރެވެ. ޝެއިހް ސަލްމާން އޭއެފްސީގެ ރައީސްގެ މަގާމުގެ ތިން ވަނަ ދައުރަކަށް، މިއަދު އިންތިހާބުވެވަޑައިގަތީ، ބަހްރޭނުގައި ކުރިއަށްގެންދިޔަ، 33 ވަނަ އޭއެފްސީ ކޮންގްރެސްގަ އެވެ. ޝެއިހް ސަލްމާން އަކީ ފީފާގެ ނައިބު ރައީސްވެސް މެއެވެ.
ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ އޭއެފްސީގެ ރައީސް ކަމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ އިތުރު ކެންޑިޑޭޓަކާ ވާދަކުރުމެއް ނެތިއެވެ.