ads
މަތިވެރީން ގެއްލިގެން ހޯދަމުންދާ ހަސަންފުޅު
މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ
އަންގާރަ ދުވަހުން ފެށިގެން އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ 73 އަހަރުގެ މީހާ އަދިވެސް ނުފެންނަކަމަށް އެރަށުން ކައުންސިލުން ބުނެފިއެވެ.

ކައުލްސިންގެ ރައީސް އަހުމަދު އަސްލަމް "ސީއެންއެމް" އަށް ވިދާޅުވީ އެރަށު، ރިވެލި، ހަސަން އަލީ (ހަސަންފުޅު) ހޯދުމަށް ފަޅުތެރޭންވެސް ބޮޑު ސަރަހައްދެއް މިހާތަނަށް ބެލިފައިވާ ކަމަށެވެ.

ރަށު ރައްޔިތުންނާއި އެމްއެންޑީއެފުންވެސް ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދާއިރު ފުލުހުންވެސް ހަސަންފުޅު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މިހާރުވެސް ސާޗް އޮޕަރޭޝަން ކުރިއަށްދާކަމަށާއި ނަމަވެސް ހަސަންފުޅުގެ ހަބަރެއް އަދި ނުވާކަމަށެވެ.

އަސްލަމް އިއްޔެ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ހަސަންފުޅު އާންމުކޮށް ގެންގުޅޭ ދުފާ ތަބަކާއި، ފޯނުވެސް ގޭގައި އޮތްކަމަށާއި ނަމަވެސް ވޮލެޓް ނެތްކަމަށެވެ،

"ވޮލެޓެއް ނެތް. ފޯނު ބާއްވާފައި އާންމުކޮށް ދަނީ ނަމާދަށް ދާނަމަ. ނަމާދަށް ގޮސްފައި. މޫދަށް އެރިލައި ހަދާލައިގެންވެސް ބައެއް ދުވަސް ދުވަހު އާދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ޔަގީނެއް ނޫން އަދި އިއްޔެ ހަރަކާތްތައް ހުރީ ކިހިނެތް ކަމެއް، " ކައުންސިލު ރައީސް ވިދާޅުވި އެވެ.

ހަސަންފުޅު ގެއްލިގެން ތިން ދުވަސްވީއިރުވެސް އޭނާއާއި އެންމެފަހުން ބައްދަލުވި މީހެއް ކަށަވަރުކުރެވޭގޮތެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް