
ހުޅުމާލެ: އުސޫލާއި ހިލާފަށް އިޝްތިހާރާއި ބެނާފަދަ ތަކެތި ޖަހާ ނަމަ އެފަދަ ތަކެތި ނަގާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައި - ފޮޓޯ:އެޗްޑީސީ
އުސޫލާ ހިލާފަށް ހަރުކުރާ ބެނާ އާއި އިޝްތިހާރުތައް އެޗްޑީސީން ނަގަނީ
މުހައްމަދު އަތީފް
02 ފެބްރުއަރީ 2023 - 15:08:00
އެޗްޑީސީން އާންމުކޮށްފައިވާ އުސޫލާއި ހިލާފަށް އިޝްތިހާރާއި ބެނާފަދަ ތަކެތި ޖަހާ ނަމަ އެފަދަ ތަކެތި ނަގާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައެޅުމަށްފަހު، އެ އުސޫލު އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެ ކަމަށެވެ.
އެ އުސޫލާ ހިލާފަށް އެ ކޯޕަރޭޝަނުގެ ހުއްދަ އަކާއި ނުލައި ހުޅުމާލޭގައި ޖަހާފައިވާ އިޝްތިހާރާއި ބެނާފަދަ ތަކެތި އެ ކޯޕަރޭޝަނުން ނަގަމުން ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން އެކަމުގެ ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ދެވޭނެ ކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް