ads
އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓިފައި--
އެއާ-އިންޑިއާ ފްލައިޓް ވެއްޓުން: ޕައިލެޓުންނަށޤ ހެދުނު ގޯހެއްތަ؟
އިންޑިއާގެ ޕައިލެޓުންގެ ޖަމްއިއްޔާތަކުން އެ ގައުމުގެ އެއާ-އިންޑިއާ ފްލައިޓް އޭއައި 171 ވެއްޓުނު ހާދިސާ އާ ގުޅިގެން، ޕައިލެޓުންނަށް އެޅޭ ބޮޑެތި ތުހުމަތުތަކަށް އިންޑިއާގެ ޕައިލެޓުންގެ މައި ޖަމިއްޔާއަކުން ދެކޮޅު ހަދައިފިއެވެ.
Advertisement

މި އަހަރުގެ ޖޫން 12 ވަނަ ދުވަހު އަހުމަދާބާދުން ލަންޑަނަށް ފުރި އެ ފްލައިޓުގައި ތިބި 260 މީހުން މަރުވި އެވެ. އެއަކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ނެރުނު ފުރަތަމަ ރިޕޯޓުގައި ވަނީ ފްލައިޓް 787-8 ޑްރީމްލައިނާގެ ފިއުލް ސްވިޗްތައް ޕައިލެޓުން "ކަޓްއޮފް" ކުރިކަމަށް ފާހަގަކޮށްފައެވެ.

މި ރިޕޯޓާ ގުޅިގެން އިންޑިއާގެ ކޮމާޝަލް ޕައިލެޓްސް އެސޯސިއޭޝަން (އައިސީޕީއޭ) އަދި އެއާލައިން ޕައިލެޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (އޭއެލްޕީއޭ އިންޑިއާ) އިން ވަނީ ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތު ފުރިހަމަ ނޫން ކަމަށާއި، ޕައިލެޓުން ގަސްދުގައި ހާދިސާ ދިމާކުރި ކަމަށް އެޅޭ ތުހުމަތަކީ "ހިތު މިސާލަށް" އަދި "ހެކިތަކުގެ މައްޗަށް ބިނާވެފައިނުވާ" ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

އައިސީޕީއޭ އިން ބުނީ ހާދިސާއާ ގުޅިގެން މީޑިއާއިން ޝާއިއުކުރާ ހަބަރުތައް، ހާއްސަކޮށް ޕައިލެޓުން ގަސްދުގައި މަރުވާން އުޅުނު ކަމަށް ބުނާ ހަބަރުތަކަކީ "އަހުލާގީ ގޮތުން އެކަށީގެންނުވާ" ގޮތަކަށް ލިޔާ ހަބަރުތަކެއްކަމަށް ބުނެފައެވެ. 

your imageއެއާ އިންޑިއާ ބޯޓު ވެއްޓުނު ސަރަހައްދުން ދުން އަރަނީ. ފޮޓޯ: އިންޑިއާ ޓުޑޭ

އިންޑިއާގެ ޕައިލެޓުންގެ ޖަމްއިއްޔާތައް ވަނީ ތަހުގީގުގައި ބައިވެރިވެ، އެއާކްރާފްޓްގެ މެކޭނިކަލް ނުވަތަ ސިސްޓަމް ފެއިލިއާއަކަށް އިތުރަށް ތަހުގީގުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އޭއެލްޕީއޭ އިންޑިއާ އިން ވަނީ ތަހުގީގުގައި ޕައިލެޓުންގެ ފަރާތުން ބައިވެރިވުމަށް ގާނޫނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މި މައްސަލައާ ގުޅިގެން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ވިދާޅުވީ ފުރިހަމަ ތަހުގީގު ނިމެންދެން ވަކި ނިންމުމަކަށް ނާންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް