ސާފިން ގައުމީ ޓީމްގެ މެންބަރުންގެ އަދަދު ހަޔަކަށް އިތުރުކޮށް، އިތުރު ދެ ޖާގަށް އެތްލީޓުން ހޮވުން ގދ. ގައްދޫގައި ބާއްވަން ސާފިން އެސޯސިއޭޝަނުން ނިންމާފައިވާއިރު، މި ސެލެކްޝަން ގައްދޫގައި އޮންނާނީ މިމަހުގެ 12 އަދި 13 ގަ އެވެ.
އާއްމު ގޮތެއްގައި ސާފިން ގައުމީ ޓީމު އެކުލެވެނީ ހަތަރު ރާޅާ އެޅުންތެރިންގެ މައްޗަށެވެ. ގައުމީ ޓީމުގެ މެންބަރުންގެ އަދަދު އިތުރުކުރަން އެސޯސިއޭޝަނުން ނިންމީ ގިނަ އެތުލީޓުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ސެލެކްޝަން ޓްރަޔަލްސް އަށް ފަހު ގައުމީ ސާފިން ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ގައްދޫގައި ފަށާނެ އެވެ. "ކަޅެގަލެކޮޑާ 2023" ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުުގައި މި މަހުގެ 14-18 އަށެވެ.