މަހުދީގެ ދައްތަ އައިމިނަތު އަރުޝީ (ސީއެންއެމް) އަށް ބުނީ މަހުދީ ފެނިގެން ކޮޗިންގެ ދުރު ހިސާބެއްގެ ޕޮލިސް ސްޓޭޝަނަކުން އާއިލާއަށް އަންގާފައިވާކަމަށާއި މަހުދީގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނާކަމަށެވެ.
ބައްޕައާއި ޅިޔަނަކާއި އެކު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ހުއްޓާ އަންގާރަ ދުވަހު ހެނދުނު މަހުދީ ގެއްލުނީ އަމްރިތާ ހޮސްޕިޓަލް ތެރެއިންކަމަށް އާއިލާއިން ބުނެއެވެ.
ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން މިއަދު މަހުދީ ފެނުނިއިރު، ކޮޗިންގެ ޕޮނެކަރާ ސަރަހައްދުން އިއްޔެ މީހަކަށް މަހުދީ ފެނިގެން ރިޕޯޓް ކުރުމުން މިއަދު އާއިލާއިން ގެންދިޔައީ އެސަރަހައްދުވެސް ބަލަމުންނެވެ.