ads
މަހުދީ ހޯދުމަށް އާއިލާއިން ކޮށްފައިވާ ޕޯސްޓެއް
އިންޑިއާގެ ކޮޗިންއިން ގެއްލުނު މަހުދީ އިއްޔެ މީހަކަށް ފެނުނު
ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ އިންޑިއާގެ ކޮޗިންގައި ގެއްލިގެން ހޯދަމުންދާ ދިވެހި ޒުވާން އިއްޔެ މީހަކަށް ފެނިގެން ރިޕޯޓްކުރި ކަމަށާއި ނަމަވެސް އަދިވެސް އޭނާ ލޮކޭޓް ނުކުރެވޭކަމަށް އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ ކ ތުލުސްދޫ، ޕަރިސްތާ، މުހައްމަދު މަހްދީ (35) އެވެ.

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ (ސީއެންއެމް) އަށް ވިދާޅުވީ މަހުދީ އިއްޔެ އިރުއޮއްސޭކަށްހާއިރު ޕޮނިކަރާ ސަރަހައްދުން ފެނުކުކަމަށް މީހަކު ރިޕޯޓްކުރުމުން މިހާރު އޭނާ ހޯދުމަށް އެސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށެވެ. 

"ދެންމެ އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ، ޕޮނިކަރާ ސަރަހައްދުން އިއްޔެ އިރު އޮއްސުނުއިރު މީހަކަށް މަހުދީ ފެނުނުކަމަށް، އެހެންވެ އެސަރަހައްދު ބެލުމަށް ދަރުތުކުރަމުން އެދަނީ، އަދިވެސް މަހުދީ ލޮކޭޓް ނުކުރެވޭ" އަރުޝީ ވިދާޅުވިއެވެ.

ބައްޕައާއި ޅިޔަނަކާ އެކު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ހުއްޓާ އަންގާރަ ދުވަހު ހެނދުނު މަހުދީ ގެއްލުނީ އަމްރިތާ ހޮސްޕިޓަލް ތެރެއިންކަމަށް އާއިލާއިން ބުނެއެވެ.

މަހްދީ އަކީ ނަފްސާނީ މައްސަލަ ހުންނަ ޒުވާނެއްކަމަށާއި އޭނާ ގެއްލުމުން އިންޑިއާ ފުލުހުންނާއި ދިވެހިން ފުލުހުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް އާއިލާއިން ބުނެއެވެ. 

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7889180 ނަންބަރު އަދި 7971667 ނަންބަރަށް މައުލޫމާތު ހިއްސާކުރުމަށްވެސް އާއިލާއިން އެދެއެވެ.

8%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް