
ދަރުބާރުގޭގައި ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަހަކަށް ވުރެ ގިނަ މަންދޫބުން ބައިވެރި ވެއެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ގެންދިޔަފަހުން ރައީސް ޔާމީނާއި ބައްދަލުކުރެއްވިކަމަށައި ރައީސް ޔާމީން އެދިވަޑައިގެންނެވީ ސަޕޯޓަރުން "މާޔޫސްނުވެ" ކުރިއަށް އިއުމަށް ކަމަށެވެ.
ވ އާރަށުގެ މައްސަލާގައި މަނީލޯންޑްރިންއާއި ރިޝްވަތު ހިއްޕެވުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ ނޮވެމްވަރު 25 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޖަލުގައި ހުންނެވި ނަމަވެސް އަނިތާވެރިންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށެވެ.
އަދި ޖަލަށް ލާފައިވަނީ ރައީސް ޔާމީން ނޫންކަމަށާއި އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ޒުވާނުން މާދަމާއަށް ކުރަމުންދާ އުއްމީދުކަމަށާއި ޖަލަށް ލައިގެން އުޅެނީ ދިވެހިން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުއްމީދުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.