ads
ތިލަފުށީ: ފޮޓޯ ސައުޖާން
ބޭރު މީހުނަށް ކުރިމަތިލެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި
ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ލިބޭގޮތަށް ތިލަފުށީ ފޭސް ދޭކުން ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިއުލާނުކޮށްފިއެވެ.

ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކުންކަމަށާއި މި ބިއްތަކަށް ބޭރުގެ ކުންފުނިތަކަށްވެސް ކުރިމަތިލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެއެވެ.

އެޗްޑީސީން ބުނީ އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެކަމަށައި ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއްނަމަ ބިން މިލްކު ކުރެވޭނެކަމަށެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ސަރަހައްދުން ވިއްކާ ބިންތަކަށް ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާކަމަށާއި ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. 

އެގޮތުން ފުރަތަމަ މަރުހަލާއަކީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ އީއޯއައި ހުށައަޅަފައިވާ ބިމަށް ބިޑްކުރުންކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ވިއްކާ ބިންތަކަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްކަމަށާއި ޕޯޓަލް ހުޅުވާލާނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް