ads
މަތިވެރި ރައްޔިތުން ހަސަންފުޅު ހޯދުމުގައި: ފޮޓޯ ކައުންސިލް
ގެއްލުނުތާ ހަތަރު ދުވަސް، ހަސަންފުޅުގެ ހަބަރެއް ނުވޭ
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ 73 އަހަރުގެ އެރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަކަމަށް އެރަށުން ކައުންސިލުން ބުނެފިއެވެ.

ކައުލްސިންގެ ރައީސް އަހުމަދު އަސްލަމް "ސީއެންއެމް" އަށް ވިދާޅުވީ ހަސަން އަލީ ހޯދުމަށް ރަށުތެރެއާއި ފަޅުތެރެ އަދި މުދުގެ ބޮޑު ސަރަހައްދެއް މިހާތަނަށް ބެލިފައިވާ ކަމަށެވެ.

ރަށު ރައްޔިތުންނާއި އެމްއެންޑީއެފުންވެސް ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދާއިރު ފުލުހުންވެސް ހަސަންފުޅު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މިހާރުވެސް ސާޗް އޮޕަރޭޝަން ކުރިއަށްދާކަމަށާއި ނަމަވެސް ހަސަންފުޅުގެ ހަބަރެއް އަދި ނުވާކަމަށެވެ.

އަސްލަމް ކުރިން ސީއެންއެމްއަށް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ހަސަންފުޅު އާންމުކޮށް ގެންގުޅޭ ދުފާ ތަބަކާއި، ފޯނުވެސް ގޭގައި އޮތްކަމަށާއި ނަމަވެސް ވޮލެޓް ނެތްކަމަށެވެ،

"ވޮލެޓެއް ނެތް. ފޯނު ބާއްވާފައި އާންމުކޮށް ދަނީ ނަމާދަށް ދާނަމަ. ނަމާދަށް ގޮސްފައި. މޫދަށް އެރިލައި ހަދާލައިގެންވެސް ބައެއް ދުވަސް ދުވަހު އާދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ޔަގީނެއް ނޫން އަދި އިއްޔެ ހަރަކާތްތައް ހުރީ ކިހިނެތް ކަމެއް، " ކައުންސިލު ރައީސް ވިދާޅުވި އެވެ.

ހަސަންފުޅު ގެއްލިގެން ތިން ދުވަސްވީއިރުވެސް އޭނާއާއި އެންމެފަހުން ބައްދަލުވި މީހެއް ކަށަވަރުކުރެވޭގޮތެއް ނުވެއެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް