ads
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން
ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންދިޑޭޓާއި ދެކޮޅަށް ޕާޓީގެ ތެރެއިން މަސައްކަތް ކުރާނަމަ ފިޔަވަޅުއަޅަން އޮންނަ އުސޫލުން ފިޔަވަޅުއަޅާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
Advertisement

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އިންތިހާބުން ނަކާމިޔާބު ވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު މިހާރުވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ސިޔާސީ ހަރަކާތެއް ޕާޓީގެ ތެރޭގައި ފައްޓަވާފައެވެ.

އެމްޑީޕީގެ އިންތިހާބީ ކޮމެޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމެޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ބޭނުންކޮށްގެން ދެ ރައީސުންނަށްވެސް އެބޭފުޅުންގެ ފިކުރު ޕްރަމޯޓް ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. 

ނަމަވެސް ޕާޓީގެ ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޖާގަ ނޯންނާނެ ކަމަށާއި އެމަގުން ކަންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި މިހާތަނަށް އެފަދަކަމެއް ފާހަގަވެފައި ނުވާކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އެޅޭނެ ނިޒާމުތައް ޕާޓީގެ ތެރޭގައި އެބަހުރި ކަމަށާއި އެކަމަށް އަސާސީ ގަވާއިދުގައި މަރުހަލާތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތް ކުރާނަމަ އެޅޭނެ ފިޔަވަޅުތައްވެސް އެބަހުރިކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް އިއްޔެ ވިދާޅުވީ ޕްރައިމަރީއަށް ފަހު ނުތަނަވަސްކަމެއް ހުރި ނަމަވެސް ފަހުން އެކަން ހައްލުވެ އެކުގައި މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރެއްވޭކަމަށެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް