
އިންޑިއާގެ ބިހާރުގެ، ޝަރިފް އައްލާމަ އިގްބާ ކޮލެޖުގައި ގްރޭޑް 12 ގައި ކިޔަވާ ޝަންކަރު ހޭނެތުނީ ކަންބޮޑުވެގެން ކަމަށް އެނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ އެނާގެ ބޮޑުދައިތަވަނީ ބުނެފައެވެ.
ޓެސްޓު ހަދަން އިންދާ ހޭނެތުމުގެ ސަބަބުން ޝަންކަރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކޮށްފައެވެ. އޭނާ ވަނީ ހުންވެސް އައިސްފައެވެ. އޭނާ އަދިވެސް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތް ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަށް އޭއެންއައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި އޭނާގެ ބޮޑުދައިތަ ވަނީ ބުނެފައެވެ.
"އިންޓަމިޑޭޓް ޓެސްޓެއް ހަދަން ދިޔައީ. ހޭނެތުނީ ހޯލުގައި ތިބި 500 އަންހެން ކުދިންގެ ތެރޭގައި އިން ހަމައެކަނި ފިރިހެންކުއްޖަކީ އޭނާކަން އެނގުމުން،" ޝަންކަރުގެ ބޮޑުދައިތަ ބުންޏެވެ.
ޝަންކަރުގެ ބޮޑުދައިތަ ހޮސްޕިޓަލުގައި ހުރެ އިންޓަވިއުދޭ ވީޑިއޯއެއްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. އަދި ގިނަގަބަކު ގެންދަނީ އޭނާ ކިޔަވަމުން ގެންދާ ކޮލެޖުގެ މެނޭޖްމަންޓުން މިކަމުގެ ޒިންމާ ނަގަންޖެހޭނެކަމަށް ބުނަމުންނެވެ.