ads
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު، މަރިޔަމް ޝަމްހާ ދަރިފުޅާ އެކު އޮފީހުގައި: ފޮޓޯ އިންސްޓަގްރާމް
ޓްރައިބިއުނަލްގެ މެންބަރަކަށް ނުލިބުނު ހައްގު ދެން ލިބޭނީ ކާކަށް؟
ވަޒީފާ އަދާކުރުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.
Advertisement

ވަޒީފާ އަދާުކުރާ މީހުންނާއިމެދު އިހާނަތިކޮށް ހިތާ ވާހަކައަކީ އަބަދުވެސް އިވޭ އެހެން ނަމަވެސް، އަޅާނުލައި ދޫކޮށްލެވިފައިވާ ބޮޑު މައްސަލައެކެވެ. 

ދިވެހިރާއްޖޭގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރަކަށް ދޭންޖެހޭ މެޓާނިޓީ ލީވް ނުދިން މައްސަލައިގައި ގިނަ ބަޔަކު އަންނަނީ އެމީހުންގެ ހާލަތުވެސް ސޯޝަލް މީޑިއާ އަދި މެއިންސްޓްރީމް މީޑިއާއަށް ހިއްސާކުރަމުންނެވެ. 

މިގޮތުން މިއަދު ސީއެންއެމްއާ މިފަދަ މައްސަލައެއްގައި ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި މިހާއާއި އިންޓަވިއުކުރަން ފެށުމުން ފުރަތަމަވެސް ކުރީ އިތުރު އުސާވާލެކެވެ. އޭނާގެ ސުވާލަކީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މުވައްޒަފަކަށް ނުލިބުނު ހައްގެއް އެހެން މީހަކަށް ލިބޭނީ ކިހިނެއްތޯ؟" އެވެ.

ވަޒީފާ އަދާ ކުރާމީހުންގެ ހައްގުތައް ކަށަވަރުކުރުން ކޮންމެހެންވެސް މުހިންމެވެ. އެއީ ޤައުމީ މަސްއޫލިއްޔަތެކެވެ. ސަބަބަކީ ދިވެހިރާއްޖޭގެ އިގްތިސާދާއި ވެސް މި މައްސަލަ ގުޅިފައިވާތީއެވެ. އިގްތިސާދީ ގޮތުން ގައުމުގެ އިންޖީނަކީ ބުރަ މަސައްކަތް ކޮންމެ ދުވަހަކު އޮފީސްތަކާއި، ފެކްޓްރީތަކާއި އެކި ތަންތަނަށް ނުކުމެ މަސައްކަތް ކުރާ މަސައްކަތް ތެރިންނެވެ. 

މަަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ދިވެހިރާއްޖޭގައި ވަޒީފާއާ ބެހޭ ގާނޫނެއް އެބައޮތެވެ. ސަރުކާރުގެ މަސައްކަތް ތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ސިވިލް ސާވިސްގެ ޤާނޫނެއް އެބައޮތެވެ. ނަމަވެސް ގާނޫނުތައް އޮތް ނަމަވެސް އޮފީތަކާއި ފެކްޓްރީތަކާއި މިފަދައެކި ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ހަދަނީ ހިތުހުރި ގޮތެކެވެ. 

ގިނަފަހަރު ހީވެފައި އޮންނަނީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާއެއްގައި މަސައްކަތް ކުރާ މީހަކަށް ހައްގުތައް ކަށަވަރުވާނެކަމަށެވެ. ނަމަވެސް ހަގީގަތަކީ އަމިއްލަ ގިނަ ތަންތަނަށްވުރެ ދައުލަތުގެ މުއައްސަސާތަކުގެ ހާލަތުވެސް މާބޮޑަށް ދަށްކަމެވެ. ނުވަތަ ދެބައިމީހުންވެސް "ނުލަފާކަމުގައި" އެއްވަރުކަމެވެ.  

މި މައްސަލައިގެ އެއް މިސާލަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު، މަރިޔަމް ޝަމްހާ އަށް ޖެހުނު ނިކަމެތި ހާލެވެ. އޭނާ ވިހެއިފަހުން ދެ މަސް ދުވަހުގެ ޗުއްޓީއެއް ދިން ނަމަވެސް، އޭނާއަށް ޗުއްޓީ އިތުރުކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދުމުން އޭނާއަށް އެންގީ މުސާރަނުލިބޭތޮތަށް ޗުއްޓީއަށް ދިއުމަށެވެ. ނަމަވެސް އެގޮތް ކަމުނުދާތީ ބުރާސްފަތި ދުވަހު ޝަމްހާ ވަނީ އޭނާގެ ތުއްތު ދެ މަހުގެ ދަރިފުޅު ގޮވައިގެން އޮފީހަށް ނުކުމެފައެވެ. ދެން އެންގީ ދަރިފުޅުވެސް އޮފީހަށް ނުގެެވޭނެކަމަށެވެ. 

"ވަޒިފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށް ނުލިބުނު ހައްގެއް ކިހިނެތްތޯ ދެން އެހެން ބަޔަކަށް ލިބޭނީ؟ އަޅުގަނޑުވެސް ޗުއްޓީއަކަށް އެދުމުން ބުނީ ދޭނީ ފަސް ދުވަހޭ. އެކަމަކު އެއީ ޗުއްޓީ ނެތިގެންނެއް ނޫން. 20 ދުވަހުގެ ޗުއްޓީ އެބައޮތް. އޮފީހުގަ މުވައްޒަފުން މަދީކީވެސް ނޫން،" މާލޭގެ މަޝްހޫރު ސްކޫލެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސީއެންއެމްއާ ވާހަކަ ދައްކަމުން ބުންޏެވެ. ސަބަބަކީ އެނާ ނަން ހާމަކޮށްފިނަމަ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތުމުންނެވެ.

އޭނާ ބުނީ ސްކޫލުން ޗުއްޓީ ނުދިނުމުގެ އިތުރުން ޗުއްޓީ ދިންދުވަހަށްވުރެ އިތުރަށް އެންމެ ދުވަހަކުވެސް ސްކޫލަށް ހާޒިރުނުވެއްޖެނަމަ ކަނޑާލާނެކަމުގެ އިންޒާރު ވެސް ޕްރިންސިޕަލް ދީފައިވާކަމަށެވެ. 

މިފަދަ އެއްތަ ބަޔަކު މިއަދު ތިބީ ލިބެންޖެހޭ ހައްގުވެސް ނުލިބިގެން އާދޭސް ކުރަންޖެހިފައެވެ. ގާނޫނާ ގަވާއިދު މިއަދު މިވަނީ އޮފީސްތަކުގެ އިސްވެރިން "މޮޑޭ ފުށްގަނޑަކަށް" ވެފައެވެ. އެ ގާނޫނާ ގަވާއިދުގެ ދަށުން ހައްގުތައް ކަށަވަރުކޮށްދޭންތިބި ވަޒީފާއާބެހޭ ޓިރައިބިއުނަލްގެ މެންބަރުންވެސް މިއަދު ހައްގުތައް ކަށަވަރުނުކުރެވިގެންއުޅޭތަން މިވަނީ ފެނިފައެވެ.

ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު އައު ގާނޫނު އަސާސީއަށް ގެނައި ނަމަވެސް، އަދިވެސް މުއައްސަސާތަކުގައި ވަނީ "ހުދުމުހުތާރު ކަމުގެ ގެނދަބުޅި" ޖަހާފައިކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް