އުރީދޫ މޯލްޑިވްސް އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލުން ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށް އުރީދޫން ބުނެއެވެ.
މި އޮފާ ކުރިޔަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫން ބުނީ މި އޮފާގެ ދަށުން ސައިކަލް ގަންނަ ފަރާތްތަކަށް 99 ދުވަހުގެ ތެރޭގައި ކިންގްސްޓަންއިން ސައިކަލް ޑެލިވަކޮށްދޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް އޮޓަމެޓިކުން ބައިވެރިވެވޭ މި ލަކީ ޑްރޯ ގައި މެއި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ބައިވެރިވެވޭނެކަމަށް އުރީދޫން ބުނެއެވެ.
އެމް-ފައިސާއަށް ރެޖިސްޓަކުރުމަށް:
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝްއިން ކުރެވޭނެކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އޮފާތައްވެސް ލިބިގެންދާނެ ކަމަށެވެ.