ads
ފިލިޕީންސްގެ ޝޮޕިން މޯލް ބޭރުގައި ފުލުހުން--
ފިލިޕީންސްގެ ޝޮޕިން މޯލެއްގެ ތެރޭގައި 30 މީހުން ރަހީނުކޮށްފި
ފިލިޕީންސްގެ ޝޮޕިންގް މޯލެއްގައި ހަތިޔާރު އެޅި ކުރީގެ ސެކިއުރިޓީ ގާޑަކު 30 މީހުން ރަހީނުކޮށްފި އެވެ.

ސޭން ހުއާން ސިޓީގެ ގްރީންހިލްސް ޝޮޕިންގް ކޮމްޕްލެކްސްގެ ވިރާ މޯލުގައި އެމީހުން އަދިވެސް ތިބީ ތާށިވެފަ އެވެ. 

ސޭން ހުއާން ސިޓީގެ މޭޔަރު ފްރޭންސިސް ޒަމޯރާ ވިދާޅުވީ ހަތިޔާރު އެޅި މީހާ މޯލްގެ ތެރެއަށް ވަނީ ހެނދުނު 10:00 ހާއިރު ކަމަށެވެ. 

އޭނާ ވަނީ އެތަނުގައި މަސައްކަތް ކުރާ މީހެއްގެ ގަޔަށް ބަޑި ޖަހާ ޒަހަމްކޮށްލާފަ އެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެއެވެ. 

ހަތިޔާރު އެޅި މީހާ ވަނީ މޯލްގެ ދެވަނަ ފަންގިފިލާގައި ހުންނަ އިދާރީ އޮފީހެއްގެ ތެރެއަށް 30 މީހުންނާއެކު ވަދެ، އެމީހުން އެތަނުގައި ރަހީނުކޮށްފަ އެވެ. 

ރަހީނުކޮށްފައިވާ މީހުންގެ ސީދާ އަދަދެއް ޔަގީނެއް ނޫނެވެ. މޯލްގެ ބޭރުގައި މި ވަގުތު އެތައް ސަތޭކަ ފުލުހުންނެއް ދަނީ ހަރަކާތްތެރިވަމުންނެވެ. 

ސްކައިޕް ކޯލެއް މެދުވެރިކޮށް މިއަދު މެންދުރު ހަތިޔާރު އެޅި މީހާ ބުނެފައި ވަނީ އޭނާ އެތަނުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، ޝޮޕިން މޯލުގެ ސެކިއުރިޓީ ކުންފުނީގެ ހަތަރު އިސްވެރިންގެ އިސްތިއުފާއަށް ޑިމާންޑު ކުރާ ކަމަށެވެ. 

ގްރީންހިލްސް ޝޮޕިންގް ކޮމްޕްލެކްސް އަކީ ވިޔަފާރި ކުރުމަށް ހާއްސަ ފިހާރަތަކާއި، ގިނަ ރެސްޓޯރެންޓުތަކާއި، މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން އެކުލެވިގެންވާ މަރުކަޒެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް