މި އެއްބަސްވުމަށް ލަންކާގެ ކެބިނެޓުން ރުހުންދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. އެ އެމްއޯޔޫ ކެބިނެޓަށް ހުށަހެޅުއްވީ ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިިރާން އެލެސް އެވެ.
އެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ އިމިގްރޭޝަންގެ ކަންކަމުގައި އެއްބާރުލުން ދީ ހިދުމަތް ހަރުދަނާ ކުރުމަށް ދެގައުުމު ގުޅިގެން މަސައްކަތްތަކެއް ކުރާނެ އެވެ.
އެއްބަސްވުމުގައި ވާގޮތުން:
މި އެއްބަސްވުމުގައި ސޮއިކުރީ، ލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގަ އެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. އަދި ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގަައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު ނިހާލް ރަނަސިންގާ އެވެ.