ބޯޓުތަކެއް ބަނުމުގެ މަސައްކަތް އެގްރޯނެޓުން ފަށާފައިވަނީ އެ ކޯޕަރޭޝަނުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ހޯދައި، ދަނޑުވެރިންގެ އުފެއްދުންތައް އަވަސްކަމާއި ފަސޭހަކަމާ އެކު އެެއްތަނުން އަނެއްތަނަށް އުފުލުމުގެ ބޭނުމުގައެވެ.
އެގޮތުން އެގްރޯނެޓުން ވަނީ 65 ފޫޓުގެ ފައިބަގްލާސް ދެ އުޅަނދު ބަނުމަށް ނިންމާ އެ އުޅަނދުތަކުގެ ޑިޒައިން ދައްކާލާފައެވެ. މި ބޯޓުތައް ފަރުމާކޮށްފައިވަނީ،
އެގްރޯނެޓުން ބަންނަ ބޯޓުގެ ކުރެހުމެއް: އުފެއްދުންތައް ތާޒާކަމާ އެކު ރައްކާކުރެވޭނެ ގޮތަށް ފިނިކުރާ ނިޒާމްތަކާއެކު - ފޮޓޯ:އެގްރޯނެޓް
ބޯޓުތަކުގައި މަސައްކަތްކުރާ ފަޅުވެރިންނަށް ނިދައި ކައިބޮއި އުޅެވޭނެ ގޮތަށް ހާއްސަ ކޮޓަރިތަކާއި އެހެނިހެން އިންތިޒާމްތައް މި ބޯޓުތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ ބޯޓުތަކުގެ ޑެކުގައި ސޯލާ ހަރުކުރާގޮތަށް ނިންމާފައިވާ ކަމަށާއި ބޯޓުގައި އުފުލާ ތަކެތި ރައްކާތެރިކުރަން ބޭނުން ކުރާ ނިޒާމްތަކަށް ބޭނުންވާ ހަކަތަ އުފައްދައިދޭނީ އެ ސޯލާތަކުން ކަމަށެވެ. އެގޮތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ.
އެގްރޯނެޓުން ކުރިޔަށް ގެންދާ މި މަސައްކަތަކީ ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާ އެކު ކުރިޔަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ ކޯޕަރޭޝަނަށް ފޯރުކޮށްދެނީ ޔޫއެންޑީޕީންނެވެ.
ދަނޑުވެރިން އުފައްދާ ތަކެތި މިހާރު އުފުލަމުންދަނީ އާންމުކޮށް ދަތުރުފަތުރު ކުރުމުގައި ބޭނުންކުރަމުންދާ ބޯޓުތަކުގައި ކަމުން ތަކެތި އުފުލުމުގައި ދިމާވާ އެކި ކަންކަމަށް އެ ކޯޕަރޭޝަނުގެ ބާރެއް ނޯންނަކަމަށް އެގްރޯނެޓުން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ދަނޑުވެރިން އުފައްދާ ބާވަތްތަކަކީ ރަނގަޅަށް ނުބެލެހެއްޓިއްޖެނަމަ، ފަސޭހައިން ހަލާކުވެދާ ތަކެއްޗަށް ވުމުންނާއި އާންމުކޮށް މުދާ އުފުލުމަށް ބޭނުންކުރާ ބޯޓުތަކުގައި އެ ފަދަ ތަކެތި ރައްކާކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުންނަ ކަމުގައެވެ.
އެހެންކަމުން، ދަނޑުވެރިންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް އެކަށީގެންވާ ބޯޓުތަކެއް ބޭނުން ކުރުމަށް ނިންމީ ކަމަށް އެގްރޯ ނެޓުން ބުނެއެވެ.
ބޯޓުގައި އުފުލާ ތަކެތި ރައްކާތެރިކުރަން ބޭނުން ކުރާ ނިޒާމްތަކަށް ބޭނުންވާ ހަކަތަ އުފައްދައިދޭނީ އެ ސޯލާތަކުން - ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން އަންނަނީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓުވެސް ކޮށްދެމުންނެވެ.