ads
ސަހަރާ ކޮންނަނީ——
ސަހަރާ ކޮންނަން ހުއްދައެއް ނުދެން، ބައިވެރިވި މުވައްޒަފަށް ފިޔަވަޅު އަޅާނަން: މޭޔަރު
ހެންވޭރު ސަހަރާއަށް ވަދެ މަހާނަ ކޮންނަން ހުއްދަދީފައި ވަނީ މާލޭ ސިޓީ ކައުންސިލުން ކަމަށް ބުނާ ވާހަކަ އެ ކައުންސިލުން ދޮގުކޮށްފި އެވެ.
Advertisement

ސަހަރާ ކޮނުނީ މީހަކަށް ހަދާފައިވާ ސިހުރެއް ބާތިލް ކުރުމަށް، އޭނާގެ އާއިލާއިން ސިޓީ ކައުންސިލްގައި ހުއްދައަށް އެދުމުން އެ ހުއްދަ ކައުންސިލުން ދީގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. 

އެކަމަކު، އެކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ، އެފަދަ ހުއްދައެއް އެ ކައުންސިލުން ދީފައި ނުވާނެ ކަމަށެވެ. އަދި އެމައްސަލަ ބަލައި އެކަމުގައި އެކައުންސިލުގެ މުވައްޒަފެއްގެ ބައިވެރިވުން އޮތްނަމަ އެ މުވައްޒަފަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މިހާރު މީހުން ވަޅުނުލާތާ ގިނަ އަހަރުތަކެއް ވެފައިވާ ހެންވޭރު ސަހަރާއަށް މީހަކު ވަދެ ސަހަރާ ކޮނެގެން އެއްޗެހިތަކެއް ނަގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ސިޓީ ކައުންސިލުގެ ޔުނީފޯމުގައި ހުރި އެކައުންސިލުގެ މުވައްޒަފެއް ކަމަށް ބެެލެވޭ ބިދޭސީ މީހަކާއި، އަދި އިތުރު ދިވެއްސަކު ސަހަރާ ކޮނުމުގައި އެތަކެތި ނެގި މީހާއަށް އެހީތެރިވެދޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. 

ދައުރުވެފައިވާ ވީޑިއޯއިން ފެންނަނީ މީހަކު ސަހަރާގެ އެކި ދިމާދިމާލަށާއި، މަހާނަތަކަށް ދަނޑިއެއް ކޮއްޕަމުން ދާތަނެވެ. އޭރު ސަހަރާތެރޭގެ ވަކި ހިސާބައެއްގައި ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފަކާއި ފައިލެއް ހިފައިގެން ހުރި އިތުރު ދިވެއްސަކު އޭނާގެ ހަރާކާތްތައް ބަލަން ތިއްބައިވެސް ފެނެ އެވެ. ބެލެވޭ ގޮތުގައި އެމީހުން އެތަނުގައި ތިބީ ސަހަރާ ކޮންނަން އެހީތެރިވުމުގެ ގޮތުން ނެވެ.

މަހާނަތަކަށް ދަނޑި ކޮއްޕަމުން ދިޔަ މީހާ އެއް މަހާނައަކާއި ޖެހުމުން އެތަން ކޮންނަން ބުނާތީ ފެނެއެވެ. އަދި ބިދޭސީ މުވައްޒަފު އެތަން ކޮނުމުން، އެތަނުން އެއްޗެއް ނެގުމަށްފަހު، ފެންފުޅިއަކުން ފެންއަޅާ އަލުން ފަސްލާތަންވެސް ފެނެ އެވެ. އެއަށްފަހު އެމީހަކު މަހާނައިން ނެގި ބައެއް އެއްޗެހި ކޮތަޅަކަށް ލައިގެން ދާ މަންޒަރު ފެނެ އެވެ. 

އެއްޗެހި ނަގައިގެން އޭނާ ހިގައިގަތުމުން ސިޓީ ކައުންސިލުގެ މުވައްޒަފު ހިމެނޭހެން ދެން ހުރި ދިވެހި މީހާ، ވަކިން ސަހަރާއިން ނިކުންނަން ދާތަން ފެނެ އެވެ. އެތަނުގައި ހުރި ސިޓީ ކައުންސިލުގެ މުވައްޒަފުގެ އަތުގައި އުދައްޔެއް އޮތްއިރު ދެން އޮތް މީހާއަތުގައި ފައިލެއް އޮތެެވެ.

މާލެއާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ސިހުރާއި ގުޅުންހުރި ބައެއް ކަންކަމުގައި ސަހަރާތައް ކޮނުމަކީ ދޭތެރެއަކުން ހިނގާ ކަންކަމެވެ. އެކަމުގައި ބައެއް މީހުންގެ ކަންބޮޑުވުންތައް އޮންނަނީ ސަހަރާ ކޮނެ މިނި ކަށި ނަގައިގެން މީހުންނަށް ސިހުރު ހަދާތީ ކަމަށް ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް