ads
ޔުނައިޓެޑުގެ ކުޅުންތެރިން
ޕެލަސް އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް
ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓަރ ޔުނައިޓެޑުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑާ ކްރިސްޓަލް ޕެލަސް ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. 10 ކުޅުންތެރިންނާއެކު މެޗު ފުރިހަމަ ކުރި ޔުނައިޓެޑަށް ގޯލްތައް ޖަހާދިނީ ބްރޫނޯ ފެނާންޑޭސް އަދި މާކަސް ރަޝްފޯޑެވެ. 

ފެނާންޑޭސްގެ ލަނޑަކީ މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ރަޝްފޯޑުގެ ލަނޑަކީ ފަހު ހާފުގައި ޖެހި ލަނޑެކެވެ. ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑުގެ މި ލަނޑަކީ ވޯލްޑްކަޕުގެ ފަހުން އޭނާ ޖެހި 11 ވަނަ ލަނޑެވެ. ޕްރިމިއަރ ލީގުގެ މިދިޔަ މަހުގެ މޮޅު ކުޅުންތެރިއަކީވެސް ރަޝްފޯޑެވެ. 

މި މެޗު ޔުނައިޓެޑުން 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރަން ޖެހުނީ ދެވަނަ ހާފުގައި ހިނގި ކަމެއްގެ ތެރޭގައި ކަސަމީރޯއަށް ރަތް ކާޑެއް ދެއްކުމުންނެވެ. 

މި މެޗާއެކު ޔުނައިޓެޑު އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތަރުވަނައިގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް