"ނަންނަޒީވް"ގެ ނަމުގައި ޓްވިޓަރ ހޭންޑްލް ބޭނުންކުރާ ޝިއުނާ ހަރުކަށިކަމާއި އެކު ނިކުމެ މިވެރިކަން ބަދަލުކުރަން ވެއްޖެކަމަށް ވިދާޅުވެ ކުރެއްވި ޓްވިޓަށް ފާޑުކިއުން އަމާޒުވުމުން ފަހުންވަނީ އެ ޓްވިޓް ފަހުން ޑިލީޓްކޮށްފައެވެ.
ޓްވިޓާއިން މިހާރު އެ އެކައުންޓް ސަސްޕެންޑް ކޮށްފައިވާއިރު ފުލުހުންވެސް އަންނަނީ ލޭ އޮހޮރުވުމަކަށް ގޮވާލި މައްސަލަ ބަލަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝިއުނާކުރި ޓްވިޓްގައި މި އިބާރާތް ބޭނުންކޮށްފައިވާއިރު ފަހުން އެޓްވިޓް ޑިލީޑްކުރީ އޭގެ ނުބައި މާނަ ބައެއް މީހުނަށް ގެނިގެން އުޅޭތީކަމަށް ޝިއުނާ އެހެން ޓްވިޓެއްގައި ބުނެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;