މި ދިރާސާ ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައި ވަނީ ރާޢްޖޭގެ ކަނޑުގެ އަޑިއަށް 2 ސަބްމެރީންއާއި، 12 ވަރަކަށް ޑްރޯން ފޮނުވައިގެންނެވެ. މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ފަންނީ ތަފާތު އަދި އެންމެ އެޑްވާންސް މިޝަން ކަމަށް އޮކްސްފޯޑުން ބުނެއެވެ.
މި މިޝަންގައި ބައިނަލްއަގްވާމީ ސައިންސުވެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ މެރިން ރިސާޗު ސެންޓަރުގެ ސައިންސުވެރިން ވެސް ހިމެނެއެވެ. ޓީމު ލީޑްކުރެއްވީ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ އެސޯސިއޭޓް ޕްރޮފެސާ އޮފް މެރިން ބަޔޮލޮޖީ އަދި ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް ލޫސީ ވުޑަލް އެވެ. މިއީ ކަނޑުގެ ފުނުގައި ދިރިއުޅޭ ދިރޭތަކެތީގެ ދިރުމާއި އުސޫލުތަކާއި އެތަންތަނަށް އިންސާނުން ސަބަބުން ލިބޭ ގެއްލުންތައް ބެލުމަށް ފެށި ކަނޑުގެ ދިރާސާއެކެވެ.
ކަނޑަޑީގެ ސަރަހާއިން ފެނުނީ ކޯއްޗެއް؟
ސައިންސުވެރިން އަލަށް ހޯދި ސަރަހައްދަށް ކިޔާފައިވަނީ "ޓްރެޕިން ޒޯން" އެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގައިވާ މި ޒޯނަކީ ކަނޑުގެ އަޑީގައިވާ ބޮޑު ސަހަރާއެއް ފަދަ ޒޯނެކެވެ. ބޮޑު ސަރަހައްދެއްގައި ބަނޑުހައިވެފައިވާ ބިޔަ ބޮޑެތި މަސްތަކާ މިޔަރުގެ ގިނަ ބާވަތްތަކެއް "މައިކްރޮނެކްޓަން" ކިޔާ ކަނޑުގެ ކުދިކުދި މަހްލޫގުންތަކެއް ކެއުމަށް އެއްވެތިބެއެވެ.
"މައިކްރޯނެކްޓަން" އަށް ނިސްބަތްވަނީ ކުދި ސޫތްޕާއި މަސްމަހާމެހި ފަދަ ކުދި ކަނޑުގެ ޖަނަވާރުތަކަށެވެ. ސައިޒަށް ބަލާއިރު މައިކްރޯނެކްޓަން އަކީ 0.8 އިންޗި އާއި 7.8 އިންޗި އާއި ދެމެދުގެ ދިރުންތަކެވެ. މި މަހްލޫގުންނަށް ކަނޑުގެ އޮއިވަރާ އެކު މިނިވަންކަމާއެކު ހަރަކާތްތެރިވެއެވެ. ރޭގަނޑު ކަނޑުގެ އަޑިއަށް ފައިބައި ފަތިހު އެނބުރި ތިލަ ސަރަހައްދުތަކަށް އާދެއެވެ. މިތަކެތީގެ ބޭނުމަކީ ކަނޑުގައި އުޅޭ ކުދި ކުދި ޕްލެންކްޓަން ޝިކާރަކުރުމެވެ.
ރާއްޖޭގެ ކަނޑުގައި މިޔަރު ފަދަ ބާވަތްތައް މަދުވެސްޖެނަމަ ޕްލޭންޓަން ހުސްވާނެއެވެ. ދުނިޔެ ހޫނުވުމުގެ ސަބަންވެސް ޕްލޭންޓަން އަންނަނީ މަދުވަމުންނެވެ. ޕްލޭންޓަން ހުސްވެއްޖެނަމަ ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އަސަރެއް ކުރާނެއެވެ. ނަމަވެސް އަލަށް ސައިންސުވެރިން ހޯދި "ޓްރެޕިން ޒޯން" ގެ ސަބަބުން ޕްލޭންޓަން ކާ ކުދިމަސްމަހާމެހި ކެއުމަށް ގިނައަދަދެއްގެ މިޔަރާއި އެހެނިހެން ބާވަތްތަކުގެ ޖަނަވާރުތައް އެބަތިބިކަން ވަނީ ހާމަވެފައެވެ.
މި އައު ހޯދުމުގެ ހަބަރުތައް އަންނަނީ ދުނިޔޭގެ ގިނަ ނޫސްތަކެއްގެ ސަމާލުކަން ހޯދަމުންނެވެ. މިފަދަ ސަރަހައްދެއް ދިވެހިރާއްޖޭގައި އޮތީ ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާގޮތުންކަމަށްވެސް ސައިންސުވެރިން ބުނެއެވެ.