ads
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު: އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް އައިއޭއެސްއިން ވަނީ ނިންމާފައި - ފޮޓޯ:ވިޒިޓް މާފަރު
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީ
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގަމުން އަންނަ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ނިންމައި އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

އައިއޭއެސްއިން ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާއި ޓެންޑާ ޑޮކިއުމެންޓްތައް ވިއްކަން ހަމަޖެހިފައި ވަނީ 15،000 ރުފިޔާއަށް ކަމަށެވެ.

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން އައިއޭއެސްއިން ނިންމާފައިވާއިރު، މިދިޔަ ޑިސެމްބަރުމަހުގެ ކުރީކޮޅު އެ އެއާޕޯޓު ތަރައްގީ ކުރުމަށް 444.2 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއްގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފައެވެ.

އަބޫދާބީ ފަންޑުން ކުރިޔަށް ގެންދާ މަޝްރޫއަށް 27 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 418 މިލިއަން ރުފިޔާ) އެހީގެ ގޮތުގައި ދީފައިވާއިރު، ދިވެހި ސަރުކާރުން 25 މިލިއަން ރުފިޔާ ހޭދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 444،276،189 ރުފިޔާ ހަރަދުވާ މި މަޝްރޫއުއަށް ސަރުކާރުން ހަރަދު ކުރަނީ ޖީއެސްޓީއަށް ހިނގާ ހަރަދެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 925 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރެވުނު މި އެއާޕޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް