ads
ބީއެމްއެލް
ބޭންކަކީ ދައުލަތުގެ އިދާރާއެއް، މައުލޫމާތު ދޭން ޖެހޭނެ: ހައިކޯޓު
ބޭންކް އޮފް މޯލްޑިވްސްއަކީ، ދައުލަތުގެ އިދާރާއެއްގެ ގޮތުގައި މާނަ ކުރެވޭނެ ތަނެއް ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން ދޭން ޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ، ދައުލަތުގެ އިދާރާއެއްގެ ގޮތުގައި މާނަ ކުރެވޭނެ ތަނެއް ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން ދޭން ޖެހޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ، ބޭންކުގެ ބޯޑް ޑައިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި ހުށަހެޅުމަކަށް ބޭންކުން އިޖާބަ ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިގެންވެސް އެ މައުލޫމާތު ބޭންކުން ނުދީ، ބޭންކުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނީ ހައިކޯޓުގައެވެ.

އާރުޓީއައި އެކްޓިވިސްޓް އައިމަން ލަތީފުގެ ފަރާތުން އައިކޮމްއަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން، ބޭންކުން ހައިކޯޓުގައި ދައުވާ ކުރުމުން ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއަކީ ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ހިމެނޭނެ ތަނެއް ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ނިންމީ ފަނޑިޔާރު ހުސެއިން މަޒީދު، މުހައްމަދު ނިޔާޒް އަދި ހަސަން ޝަފީއުއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް