ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ވަންއޮންލައިން
މާލެ ސިޓީ ކައުންސިލުގެ ބާރުތައް ނަގަން ޖެހުނީ "ގަސްދުގައި ޖެއްސުން" ކުރުމުން: މުއިއްޒު
މާލޭ ސިޓީ ކައުންސިލުގެ މިހާރުގެ މެމްބަރުން ވަނީ ކުރިން ވެރިކަމުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރަށް "ގަސްދުގައި ޖެއްސުން" ކޮށްފައި ކަމަށާއި، ކައުންސިލުގެ ބާރުތައް ނަގަން ޖެހުނީ އެހެންވެ ކަމަށް އިދިކޮޅު ކޯލިޝަނުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ އޮތް ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިދިޔަ އަހަރުތަކުގައި މާލޭގައި ހިންގި މަޝްރޫއުތަކުގެ ކްރެޑިޓް ނަންގަވާފަ އެވެ. 

ކުރީ ސަރުކާރުގައި ސިޓީ ކައުންސިލުގެ ބާރުތައް ހަވާލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީއާ އެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން، 2017 ވަނަ އަހަރު ރައްޔިތުންގެ ވޯޓުން ހޮވި އެމްޑީޕީގެ ކައުންސިލަރުންނަށް މަސައްކަތް ކުރަން ޖެހުނީ ގޮންޖެހުންތަކާ އެކުގައި ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލެ ސިޓީ ކައުންސިލުން ޒިންމާ އަދާ ނުކޮށް ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކައުންސިލުގެ ބާރުތައް ނަގަން މަޖުބޫރުވި ކަމަށް މުއިއްޒުގެ އިންޓަވިއުގައި ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑު ނުދަންނަވަން ލާމަރުކަޒު ނިޒާމު ގޯހެކޭ. މިއީ ހަމަ ވަރަށް ރަނގަޅު ނިޒާމެއް. ނަމަވެސް ސިޓީ ކަައުންސިލްގެ މަސައްކަތްތައް އެހެން ވުޒާރާތަކަށް ބަދަލުކުރަން ޖެހުނީ ކައުންސިލުން އެއްވެސް ޒިންމާއެއް ނުކޮށް ސަރުކާރާ ރައްޔިތުންނާ ދެމެދު ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރުމުން އިތުރު އެއްވެސް ޗޮއިސް އެއް ނެތިގެން. ސަރުކާރަކަށް ނޯވެވޭނެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ނުލިބޭތަން ބަލާކަށް،" މުއިއްޒުގެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ. 

ކައުންސިލުން މަސައްކަތް ނުކުރާ ނަމަ، ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވާއިރު، މިހާރު ސަރުކާރުގައި އޮތް އެމްޑީޕީން ބުނެފައި ވަނީ ޕީޕީއެމްގެ ފިކުރަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅު ފިކުރެއް ކަމަށާއި، މުއިއްޒު އަކީ ކުރީ ސަރުކާރުގައި މި ނިޒާމު ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

30%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް