ads
ޖޭއެސްސީ
ޖޭއެސްސީ ބަދަލު ކުރުމުގެ އިސްލާހު މަޖިލީހަށް
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅިނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުގެ ލިސްޓު އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ފޮނުވާފައިވާއިރު، ގާނޫނު އަސާސީ އިސްލާހު ކުރުމާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުންވެސް ހިމަނާފައިވެއެވެ.

މަޖިލީހުގެ ގަވައިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ކޮންމެ ދައުރެއް ފެށުމުގެ ކުރިން އެ ދައުރެއްގައި ހުށަހަޅަން ގަސްދު ކުރާ ބިލުތަކުގެ ލިސްޓު މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހެ އެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު، ރިޔާސީ ބަޔާނުން ފަށާނީ މާދަމާއެވެ.

މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފެށޭއިރު، ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހަޅަން ގަސްދު ކުރާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އޭރު އޭޖީ އޮފީހުން ބުނީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލް އަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރާނެ ކަމަށެވެ. 

އޭޖީ އޮފީހުން ވަނީ ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލު ކުރުމަށްޓަކައި އެ ކަމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތަކެއް ކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް