ads
މީހަކު 5 ކާށި ހިފައިގެން
ވަގުރުކު އެޅި މީހަކު ތިން މަހަށް ޖަލަށް
ދެކުނުގެ ރަށެއްގައި ވަގުރުކު އެޅި މީހަކު ތިން މަހަށް ޖަލަށްލާން ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފިއެވެ.

އާދިއްތަ ދުވަހު ހުވަދު އަތޮޅު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ކުރި މި ހުކުމަކީ، އެ ރަށު ސްކޫލް ގޯތިތެރޭގައި ހުރި ރުކަކުން 2020 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު މެންދުރު ދިވެހި ފިރިހެނަކު ފަސް ކާށި އަޅާފައިވާތީ ކުރި ހުކުމެކެވެ.

މި މައްސަލައިގައި ވަގުރުކު އެޅި މީހާގެ މައްޗަށް ދައުލަތުންކޮށްފައިވާ ދައުވާއަކީ "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ" ކުށުގެ ދައުވާއެވެ. މި ދައުވާއަށް ރުކު އެޅި މީހާވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.

ވަގުރުކު އެޅި މީހާގެ މައްޗަށް ކޯޓުން ހުކުމް ކުރުމުގައި އޭނާ ކުރިން ބަންދަކުން ފިލާފައިވާކަން ސާބިތުވެފައިވާތީ އޭނާގެ އަދަބު މަތިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަމަށް ރިއާޔަތްކޮށް ހުކުމް ކުރީ އެއް ދަރަޖަ މަތިކޮށެވެ. އެހެންކަމުން މެޖިސްޓްރޭޓް ނިންމީ އެ މީހާ ތިން މަސް ދުވަހަށް ޖަލަށްލާށެވެ.
އެހެންނަމަވެސް މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އެ މީހާ 15 ދުވަހަށް ބަންދުކޮށްފައިވާތީ އެ 15 ދުވަސް އުނި ކުރުމުން އޭނާ މި މައްސަލައިގައި ޖަލުގައި ހޭދަކުރަން ޖެހޭނީ ދެ މަހާއި 15 ދުވަހެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް