ads
2018 ފެބްރުއަރީގެ ހަލަބޮލިކަމުގެ ތެރެއިން
ތާރީޚުން މިއަދު: ސުޕްރީމް ކޯޓުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުން
2018 ވަނަ އަހަރުގެ ފެބްރުއަރީ މަސް ފެށިގެން އައީ ބޮޑު ސިހުމަކާއެކުއެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއެކު އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު ކުއްލިއަކަށް ހަލަބޮލިވެގެންދިޔައެވެ.

ސިޔާސީ މަސްރަހަށް އައި ކުއްލި ހަލަބޮލިކަން، ހަމައަކަށް އެޅުއްވުމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އެޅުއްވި ފިޔަވަޅަކީ ކުއްލި ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރު ކުރުމެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާން ކުރެއްވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ އޭރު ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތުންނާއި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ދިވެހި ދައުލަތް ހިންގެވުމަށް ދަތި ތަކެއްކުރިމަތިވާން ފެށުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. 

މިކަން ކުރެވިގެން ދިޔައީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރަން އަޅުގަނޑަށް ޖެހުނީ، މިދެންނެވި ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތީމަ. ޖަވާބުދާރީ ކުރެވޭނީ އެބޭފުޅުންނަށް ޤާނޫނުއަސާސީން، ނޫނީވިއްޔާ އެބޭފުޅުން އެ ނިންމަވާފައި އޮންނަ ނިންމެވުން ސުޕްރީމް ކޯޓުގެ ޢަމުރަކުން ފާސްކުރައްވައިގެން، ނޫނީވިއްޔާ ހާޒިރު ނުކުރެވޭނެކަމަށް އޮންނަ އަމުރު ބާޠިލުކޮށްގެން، ނޫނީވިއްޔާ ވަގުތީގޮތުން ސަސްޕެންޑްކޮށްގެން.

ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާން ކުރުމާއެކު، ސަލާމަތީ ބާރުތަކުން ވަނީ ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފަ އެވެ. 

އެ ބޭފުޅުން ހައްޔަރުކުރީ އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުރުމުން، ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފަ އެވެ.

ކުއްލި ހާލަތު އިއުލާންކޮށް އޭރު ނެރުނު ގަރާރުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ މާއްދާ ހިފަހައްޓާފައިވާތީ، އެއިން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރު ކުރާކަށް އޭރަކު ނުޖެހުނެވެ. އެވެ. ހަނު ހުރުމުގެ ހައްގު ވެސް އެ ގަރާރުން ވަނީ އޭރު ހިފަހައްޓައިފަ އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް