އާދިއްތަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި ކޮމޮލިކާ.، 43 ވަނީ ސަލާމަތް ވެފައެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
އެކްސިޑެންޓުވީ ސްކޫލުބަސް ފަހަތުން ދުއްވާފައި އައިސް ކޮމޮލިކާގެ ކާރުގައި ޖެހިގެންނެވެ.
ކޮމޮލިކާއަކީ ކަސޯޓީގައި ނުބައިބައި ރޯލު ކުޅޭ އެކްޓަރެކެވެ.
ބަސް ޑްރައިވަރާ ދެކޮޅަށް އޭނާ ފުލުހުގައި މައްސަލައެއް ނުޖައްސައެެވެ. ނަމަވެސް ފުލުހުން ވަނީ ކޮމޮލިކާގެ ކާރު ޑްރައިވަރުގެ ބަޔާނެއް ނަގާފައެވެ.
އުރުވާޝީ ދޮލަކިޔާ (ކޮމޮލިކާ)
ބިގް ބޮސްގެ 6 ވަނަ ސީޒަން ކާމިޔާބު ކުރީވެސް ކޮމޮލިކާއެވެ. އޭގެ ފަހުން ބޮލީވުޑްގެ ބައެއް ފިލްމުތައް ވެސް އޭނާ ވަނީ ކުޅެފައެވެ.