ads
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން ދެއްވުމުގެ ތެރެއިން
ރިޔާސީ ބަޔާން: މަޖިލިސް ހޫނުވެ ޖަލްސަ މެދުކަނޑާލައިފި
ރިޔާސީ ބަޔާން އިއްވުމާއި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފެށުމާއިއެކު، އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖުކޮށް އަޑުގަދަކުރަން ފެށުމުން މަޖިލިސް ހަމަބޮލިވެ މަޖިލިސް މެދުކަނޑާލައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން ފެއްޓެވުމުން އެންމެ ފުރަތަމަ އިހްތިޖާޖު ފެއްޓެވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އޭގެފަހުން އިދިކޮޅު މެމްބަރުންވަނީ އިހްތިޖާޖްގައި ބައިވެރިވެފަައެވެ.

މަޖްލިސް ފެށުމާއި އެކު އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރައްވާ މަޖިލިސް ހުއްޓުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ މެންބަރު ހުސެއިން މުހައްމަދުގެ ނަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވަވާފައެވެ. 

މަޖިލިސް ހަލަބޮލިވެ ރިޔާސަތުން ނަން އިއްވެވުމަށްފަހު މަޖިލިސް މިހާރު މެދުކަނޑަލާފައިވާއިރު، ރައީސް ސޯލިހްވެސް މިވަގުތު މަޖިލިސް މާލަމުގައި ވަޑައިގެންނެތެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަޝްރަހު ފިނިކުރެއްވުމަށް އިހްތިޖާޖުކުރާ މެމްބަރުންނާއި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް އަދިވެސް މަޖިލިސް ފްލޯތެރޭގައި މެމްބަރުން ތެދުވެވަޑައިގެން އަޑުގަދަކުރައްވާ ގެންދަވަނީ އިހްތިޖާޖު ކުރައްވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ ދެން ފެށޭނެ އިރެއް އަދި ނޭންގެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް